ޖެމިނައިއާ ވާހަކަ ދައްކައިގެން ގޫގުލް ޓީވީގެ ސެޓިން ހެދޭގޮތް ހަދައިފި
ގޫގުލް ޓީވީ ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސިސްޓެންޓް "ޖެމިނައި" މެދުވެރިކޮށް ޓީވީގެ ސެޓިންގްސްއަށް ބަދަލުތައް ގެނެވޭ އައު ފީޗާއެއް ތައާރަފްކޮށްފިއެވެ. މި އަހަރުގެ ކުރީކޮޅު ބޭއްވި ސީއީއެސް ފެއާގައި ފުރަތަމަ އިޢުލާންކުރި މި ޚިދުމަތުގެ ސަބަބުން، ރިމޯޓުގެ އެކި ފިތްތަކަށް ފިއްތައިގެން ސެޓިންގްސް ހޯދުމުގެ ބަދަލުގައި، އާދައިގެ ދިރިއުޅުމުގައި ވާހަކަދައްކާ ބަހުރުވައިން ކުރާ އަޑުގެ ކޮމާންޑްތަކުން ޓީވީގެ ސެޓިންގްސްތައް ބަދަލުކޮށްލެވޭނެއެވެ. https://sun.mv/219681 މި އައު ފީޗާގެ އެހީގައި "ސްކްރީން މާ ބޮޑަށް އަނދިރީ" ނުވަތަ "އަޑު ސާފެއް ނޫން" ފަދަ ޝަކުވާތައް ޖެމިނައިއަށް ހުށަހެޅުމުން، އެއަށް ބޭނުންވާ ބަދަލުތައް އޭއައި އަމިއްލައަށް ދެނެގަނެ ޓީވީއަށް ގެނެސްދޭނެއެވެ. މީގެ އިތުރުން ވަކި ޚާއްޞަ މޯޑްތަކަކަށް ބަދަލުކުރަން ބޭނުންނަމަ، މިސާލަކަށް ކުޅިވަރު ބަލަން "ސްޕޯޓްސް މޯޑް" އަށް ނުވަތަ ސިނަމާ ކަހަލަ މާޙައުލެއް ނެރުމަށް "މޫވީ މޯޑް" އަށް ބަދަލުކުރުމަށް ބުނުމުންވެސް އެކަން ސިކުންތުކޮޅެއްގެ ތެރޭގައި ކޮށްދޭނެއެވެ. އަދި އަމިއްލައަށް ސެޓިންގްސް ހަދަން ބޭނުންވާ ފަރާތްތަކަށް، ބޭނުންވާ ސެޓިންގްސް މެނޫ ހުޅުވައިދިނުމަށް ޖެމިނައި ގާތު ބުނުމުން އެ މެނޫއަކަށް ސީދާ ވާސިލްކޮށްދޭނެއެވެ. ކުރިއަށްއޮތްތާންގައި ދުނިޔޭގެ އެކި ހިސާބުތަކަށް މިޚިދުމަތް ފުޅާކުރަން ގޫގުލުން ނިންމާފައިވީ ނަމަވެސް މިވަގުތު މި ޚިދުމަތް ލިބެނީ ހަމައެކަނި އެމެރިކާގެ މާކެޓުގައި ހުރި ޓީސީއެލް ބްރޭންޑްގެ ޚާއްޞަ ބައެއް މޮޑެލްތަކަށެވެ. މީގެ ތެރޭގައި QM9K، X11L، QM9L، QM8L އަދި RM9L ފަދަ މޮޑެލްތައް ހިމެނޭއިރު، މި ފީޗާ ބޭނުންކުރުމަށްޓަކައި ޓީވީގެ ސިސްޓަމް އަޕްޑޭޓްކުރަން ޖެހެއެވެ. އެހެން ބްރޭންޑްތަކަށް ނުވަތަ އެހެން މޮޑެލްތަކަށް މި ޚިދުމަތް ދޭން ފަށާނެ ތާރީޚެއް ގޫގުލްއިން އަދި ހާމައެއް ނުކުރެއެވެ. މިއީ ގޫގުލް ޓީވީގައި ޖެމިނައިގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރި ބައެކެވެ. މީގެ ކުރިން މި އަހަރުގެ މާރިޗު މަހުވެސް ގޫގުލްއިން ވަނީ ޖެމިނައި މެދުވެރިކޮށް ޓީވީން ކުޅިވަރުގެ ލައިވް ސްކޯތަކާއި، ކުޅިވަރު މެޗުތައް ބެލޭނެ ޗެނަލްތަކުގެ މަޢުލޫމާތާއި، އަދި ކުޅިވަރުގެ ޚަބަރުތަކުގެ ޚުލާޞާ ފަސޭހައިން ބަލައިލެވޭނެ ފަދަ ވިޝުއަލް ފީޗާތަކެއް ޓީވީއަށް ތައާރަފްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ