ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ހުޅުމާލެ ފޭސް 1ގެ 141ވަނަ ފުލެޓްގެ ގްރައުންޑް ފްލޯ ބަދިގޭގައި ބޭނުން ކުރި ފެންހޫނުކުރާ ޕޮޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަމަށެވެ.
ރޭ ފަތިހު 4:32 އެހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާން ނިއްވާލާފައިވަނީ 4:58 އެހާއިރުއެވެ.
މި ހާދިސާގެ ސަބަބުން 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު އެޕާޓްމަންޓަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.
އެގޮތުން އެމްއެންޑީއެފް އިން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ގެއަށް ވެސް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައި ވެއެވެ.
ފެން ހޫނުކުރާ ޕޮޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް، 6 މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ