ފުލުހުން މާލޭ ހެންވޭރު ގެއެއް ބަލައި ފާސްކޮށް ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ޅ. ނައިފަރު، ފަލަކް، ޝާއިން އަލީ، 27، އާއި އއ. ފެރިދޫ، އިހްރާމްގެ، އާއިޝަތު މާޝާ އަހްމަދު، 20 ކަމަށެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ. މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ މުއައްސަސާއިން ހާމައެއް ނުކުރެ އެވެ.
މިއީ މި އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންކަން ފާހަގަކުރެވެ އެވެ.
ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި ތިން ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ