އުރީދޫގެ 'ޓެކްސްޓް އަ ކޮފީ'ން ފަސޭހަކަމާ އެކު ހަދިޔާއެއް ދެވޭނެ

އުރީދޫން ފޯރުކޮށްދެމުން އަންނަ 'ޓެކްސްޓް އަ ކޮފީ'އަކީ ރައްޓެހިންނާއި އާއިލާއާ ގުޅުން ބަދަހިކުރުމަށް ހަދިޔާއެއް ފޮނުވާލުމަށް ވަރަށް ފަސޭހަ ހިދުމަތެކެވެ. ޓެކްސްޓް އަ ކޮފީގެ ހިދުމަތް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ އެވެ. ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި ހިދުމަތަކީ އެހީތެރިއަކަށް ވާނެ އެވެ.
މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ ޓެކްސްޓް އަ ކޮފީއަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށް ވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތެކެވެ.
ހަދިޔާއެއް ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ވެސް ލިބޭނެ އެވެ. އެއަށް ފަހު، ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް، ކޯޑު ހިއްސާކޮށް، ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެ އެވެ.
މި ހިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނެ އެވެ.
ޓެކްސްޓް އަ ކޮފީއަކީ އުރީދޫގެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ހިދުމަތެކެވެ. ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން މި ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށް ވެސް އުފާވެރިކަން ގެނެސްދެވޭނެ އެވެ.
"އުރީދޫ ސުޕަ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް ޓެކްސްޓް އަ ކޮފީއެއް ފޮނުވާލެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ