ޕްރިޔަންކާގެ 'ދަ ބްލަފް'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ 2024 ވަނަ އަހަރު އިއުލާނުކުރި ފިލްމު "ދަ ބްލަފް"ގެ ޕޯސްޓަރުތަކެއް ބެލުންތެރިންނަށް ދައްކާލައިފިއެވެ. ބޮލީވުޑްގެ އިތުރުން މިހާރު ހޮލީވުޑްގެ ގިނަ ފިލްމީ ޕްރޮޖެކްޓްތަކެއްގައި އަވަދިނެތި އުޅެމުން އަންނަ ބަތަލާގެ މި ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން "ސިޓަޑެލް"ގެ ޓީމް ކަމަށްވާ ޖޯ އާއި އެންތަނީ ރުސޯ ޕްރޮޑިއުސްކޮށް ފްރޭންކީ އީ ފްލާވާސް ޑައިރެކްޓްކުރާ ފިލްމެކެވެ. ފްރޭންކް އަކީ ފެބްރުއަރީގައި ރިލީޒްކުރި މިއުޒިކް ލެޖެންޑް، ބޮބް މާލީގެ ބައޮގްރަފިކަލް ޑްރާމާ "ބޮބް މާލީ: ވަން ލަވް" ގެ އެއް ސްކްރީން ރައިޓަރެވެ. ފިލްމު "ދަ ބްލަފް"ގެ ޑައިރެކްޓަރު ފްރޭންކީ އީ ފްލާވާސް އަދި ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިއްމު ދެ ތަރިން ކަމަށްވާ ކާލް އާބަން އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/ޑެޑްލައިން މީގެ އަހަރެއްހާ ދުވަސްކުރިން ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް ކުރިއަށް ގެންގޮސްފައި ވަނީ އޮސްޓްރޭލިއާގައެވެ. ޕްރިޔަންކާ ކަނޑުފޭރޭ މީހެއްގެ ކެރެކްޓާ ކުޅޭ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރުތައް ބެލުންތެރިންނަށް ހިއްސާކުރަމުން ބަތަލާ ބުނީ "ބްލަޑީ މެރީ"އާ ބައްދަލުވުމަށް ބެލުންތެރިން ތައްޔާރުވުމަށެވެ. މި ފިލްމަކީ ވެބް ސީރީސް "ސިޓަޑެލް"ގައި ބަތަލާ ފެނުނު ކަހަލަ އެހެންނަމަވެސް މުޅިން ތަފާތު އެކްޝަން ކެރެކްޓާއަކުން ޕްރިޔަންކާ ފެންނާނެ ފިލްމެކެވެ. މި ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރަން ފަށާނީ މި އަންނަ ފެބްރުއަރީ މަހުގެ 25އިން ފެށިގެންނެވެ. ޕްރިޔަންކާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން "ދަ ހެޑް އޮފް ސްޓޭޓް"އިންނެވެ. މީގެއިތުރުން މިދިޔަ މަހު ޑިޒްނީއިން ގެނެސްދިން ކްރިސްމަސް މިއުޒިކަލް ކޮމެޑީ ފިލްމު "އަ ވެރީ ޖޯނަސް ކްރިސްމަސް މޫވީ"ގެ ހާއްސަ ފެނިލުމަކުން ވެސް ބަތަލާ ވަނީ ފެނިފައެވެ. ޕްރިޔަންކާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކުގެ ތެރޭ "ޖަޖްމެންޓް ޑޭ" އަދި ތެލުގޫ ފިލްމު "ވަރަނަސީ" ހިމެނެއެވެ. ފިލްމު ވަރަނަސީ އަކީ ޕްރިޔަންކާ އިންޑިއާގެ ފިލްމަކުން ނުފެންނަތާ ހަ އަހަރު ފަހުން ބަތަލާ މަސައްކަތްކުރާ ފުރަތަމަ އިންޑިއާ ފިލްމެވެ. ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ މި ފިލްމު މި އަހަރު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވީ ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ