ގޯތި ހޯދަން ވަގު ލިޔުން ހެދި މައްސަލާގައި ފަޒީލް ހިމެނޭހެން 12 މީހުންގެ މައްޗަށް ދައުވާ އުފުލައިފި ގޯތި ހޯދަން ވަގު ލިޔުން ހެދި މައްސަލާގައި ފަޒީލް ހިމެނޭހެން 12 މީހުންގެ މައްޗަށް ދައުވާ އުފުލައިފި

ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދު ހިމެނޭހެން 12 މީހެއްގެ މައްޗަށް މިއަދު ދައުވާ އުފުލައިފި އެވެ.
މި މައްސަލައާ ގުޅިގެން ނުވަ މީހެއްގެ މައްޗަށް އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ ކުރާއިރު ދެ މީހެއްގެ މައްޗަށް ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ. އަދި އެކަކުގެ މައްޗަށް ވަނީ ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލި މީހުން
ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އުފުލި މީހުން
ސައްހަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލި މީހުން
މިއީ ޑިސެމްބަރު، 2024 ގައި ފެންމަތިވި މައްސަލައެކެވެ. ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހެކެވެ. ނަމަވެސް އޭނާއަކީ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އޮތީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ