ދަނުޝްއާއި ކްރިތީގެ ފިލްމު 'ތެރެ އިޝްޤް މޭ' މާދަމާ ނެޓްފްލިކްސްއަށް
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ރިލީޒްކުރި ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު "ތެރެ އިޝްގް މޭ" މާދަމާ ނެޓްފްލިކްސްގައި ސްޓްރީމްކުރާނެކަން އިއުލާނުކޮށްފިއެވެ. ކަލަ ޔެލޯ ޕްރޮޑަކްޝަންސްއާއި ޓީ-ސީރީސް ގުޅިގެން ގެނެސްދިން މި ފިލްމަކީ ދެކުނު އިންޑިއާގެ މަގުބޫލު އެކްޓަރު ދަނުޝް އަދި ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން ލީޑް ރޯލްތަކުން ފެނުނު ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. ވަރަށް އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން މި ފިލްމު ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭ ބޮކްސް އޮފީހުގެ 100 ކްރޯޑް ކްލަބުން ފިލްމު ވަނީ ޖާގަ ހޯދާފައެވެ. ޖުމުލަ 95 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް އައިއެމްޑީބީގައި ލިބުނު ރިވިއުސްތަކަށް ބަލާއިރު މިއީ ކްރިތީއާއި ދަނުޝްގެ އެވްރެޖް ޕާފޮމެންސެން ފެނުނު ފިލްމެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަނެއް ބަޔަކު ބުނެފައިވާ ގޮތުގައި މިއީ މި ފަހުން ބޮލީވުޑްއިން ގެނެސްދިން ފިލްމުތަކުގެ ތެރެއިން ރީތި ލޯބީގެ ވާހަކައަކަށް ކުރި އިންތިޒާރަށް ނިމުން ގެނުވި ފިލްމެކެވެ. އެހެންކަމުން ފިލްމު "ތެރެ އިޝްޤް މޭ"އަކީ ކޮންމެހެން ވެސް ބަލާލަންވާނެ ފިލްމެއް ކަމަށް އެއް ބަޔަކު ވަނީ ސިފަކޮށްފައެވެ. ފިލްމު "ތެރެ އިޝްޤް މޭ"ގެ މަންޒަރެއްގައި ދަނުޝް އާއި ކްރިތީ--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ތެރެ އިޝްޤް މޭ"އަކީ ކްރިތީއާއި ދަނުޝް އަލަށް ސްކްރީނުން ފެނުނު ފުރަތަމަ ފިލްމެވެ. ފިލްމުގައި ދެ ތަރިންގެ ކެމިސްޓްރީ ވަރަށް ރަނގަޅުކަމަށް ބުނެ ބެލުންތެރިން ވަނީ ތައުރީފުކޮށްފައެވެ. މި ފިލްމުގެ ޑައިރެކްޓަރު އާނަންދު ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭ "ތަނޫ ވެޑްސް މަނޫ"، "ރާންޖަނާ" އަދި "އަތުރަންގީ ރޭ" ހިމެނެއެވެ. މި ފިލްމުތަކުގެ ތެރެއިން "ރާންޖަނާ" އަދި "އަތުރަންގީ ރޭ"އަކީ ދަނުޝް ލީޑް ރޯލް ކުޅެފައިވާ ފިލްމުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ