އީސީގެ ރައްދު އެމްޑީޕީއަށް: އެއްވެސް ޕާޓީއަކަށް އީސީގެ ފޯމު ހުށަހަޅާ ޕޯޓަލަކަށް ނުވަދެވޭނެ
އަންނަ އޭޕްރިލް މަހު ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލަށް ވަދެ، އެ މައުލޫމާތުތައް ބެލުމުގެ ބާރު ވެރިކަންކުރާ ޕީއެންސީއަށް އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން ކުރި ތުހުމަތު، އެ ކޮމިޝަނުން މިއަދު ދޮގުކޮށްފިއެވެ. މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތަރުޖަމާނުގެ ނައިބު ޙުސައިން ޙަސަން ވިދާޅުވީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް އީފާސް މެދުވެރިކޮށް ތާއިދުކުރުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ލިބޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ޙުސައިން ފާހަގަކުރެއްވީ، ތ. ވިލުފުއްޓަށް ކުރިމަތިލި އަމިއްލަ ކެންޑިޑޭޓަކަށް ތާއިދުކުރި ބައެއް މީހުންގެ މައުލޫމާތު ޕީއެންސީއަށް ލިބިފައި އެބަހުރި ކަމެވެ. https://sun.mv/217014 ނަމަވެސް 'ސަން'އިން ސުވާލުކުރުމުން އެކަން ދޮގުކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ވަދެވޭނީ ޕާޓީތަކަށް ޚާއްސަ 'ސިމެދަ' ޕޯޓަލަށް އެކަނި ކަމަށެވެ. އެއްވެސް ސިޔާސީ ޕާޓީއަކަށް އަޅުގަނޑުމެންގެ ޕޯޓަލުން އެކްސެސް ދީފައެއް ނުވާނެ، ސިޔާސީ ޕާޓީތަކަށް އެކްސެސް އޮންނާނީ ސިމެދަ ޕޯޓަލަށް، އެއީ ސިޔާސީ ޕާޓީތަކާ ގުޅުންހުރި ކަންކަމުގައި [އެކަނި]، އީސީގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުންގެ މައުލޫމާތު ބަލަން ސިޔާސީ އެއްވެސް ޕާޓީއަކަށް ހުއްދައެއް ދީފައި ނޯންނާނެ ކަމަށާއި، އެހެނިހެން އެއްވެސް ޕާޓީއެއްގެ މައުލޫމާތެއްވެސް ނުފެންނާނެ ކަމަށެވެ. ހަމައެއާއެކު، އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ނޫން ބަޔަކަށް ޕޯޓަލަށް ނުވަދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ކޮމިޝަނުން އެކްސެސް އޮންނާނީ ވެސް ހަމައެކަނި އެ މަސައްކަތާ ގުޅުންހުރި މުވައްޒަފުންނަށް އެކަނި ކަމަށާއި، ކޮމިޝަންގެ މެންބަރުންނަށްވެސް އެކްސެސް ނޯންނާނެ ކަމަށް ޞަލާޙް ވިދާޅުވިއެވެ. ޕީއެންސީއަށް އީސީގެ ޕޯޓަލަށް ވަދެވޭ ކަމަށް އެމްޑީޕީން ތުހުމަތުކުރިއިރު، ފާހަގަކުރެވޭ ގޮތުގައި އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން މަދުވެގެން 50 މީހުންގެ ތާއީދު ހޯދަން ޖެހޭނެކަން ފާހަގަކޮށް އެކަން ކުރާނެ ގޮތް އިލެކްޝަންސް ކޮމިޝަނުން ކިޔައިދީފައިވެއެވެ. އެގޮތުން، އެ ކެންޑިޑޭޓަކަށް ތާއީދު ދޭން ބޭނުންނަމަ، ނުވަތަ ނޫންނަމަ، ދާއިރާގެ ރައްޔިތުން އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލަށް ވަދެ، ތާއީދު ދިނުމަށް ނުވަތަ ނުދިނުމަށް ކަނޑައެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އިންތިޚާބުތަކުގައި ވާދަކުރަން މިމަހު 17ވަނަ ދުވަހު ހުޅުވާލި މުއްދަތު ހަމަވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:30 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ