ާސާފް ފުޓްސަލް: ނޭޕާލަށް ފުރަތަމަ މޮޅު، ޕާކިސްތާން އެނބުރި އައުން ވަރުގަދަ ާސާފް ފުޓްސަލް: ނޭޕާލަށް ފުރަތަމަ މޮޅު، ޕާކިސްތާން އެނބުރި އައުން ވަރުގަދަ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ސާފް ފުޓްސަލް މުބާރާތުގައި މިއަދު ސްރީ ލަންކާ އަތުން 2-1 އިން މޮޅުވެ، ނޭޕާލުން ފުރަތަމަ މޮޅު ހޯދިއިރު، ފަހަތުން އަރައި، 4-2 އިން ބޫޓާން ބަލިކޮށް ޕާކިސްތާނުން އެނބުރި އައުން ވަރުގަދަކޮށްފި އެވެ.
ބޫޓާނާއި ސްރީ ލަންކާ ފުރަތަމަ މެޗުގައި ވަނީ 3-3 އިން އެއްވަރުވެފަ އެވެ.
ލަންކާ އަތުން ނޭޕާލް މޮޅުވީ ފަހަތުން އަަރަ އެވެ. ނޭޕާލް ކައިރިން ލަންކާ އިން ވަނީ 10 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. އެ ގޮތުން، ލަންކާގެ ގޯލު ޖެހީ، މުހައްމަދު ކުރްޝީތު މުހައްމަދު ޝަޖާން އެވެ. އެކަމަކު، މާ ގިނައިރު ލަންކާ އަށް ލީޑުގައި ހިފަހައްޓައިނުލެވުނެވެ.
ނޭޕާލުން ވަނީ 15 ވަނަ މިނިޓްގައި، ސަރޯޖް ޓަމަންގް ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. އަދި، ދެ ވަނަ ހާފު ފެށިގެން މިނިޓެއް ތެރޭ ސަރޯޖް ވަނީ އިތުރު ލަނޑެއް ޖަހައި، ނޭޕާލަށް ލީޑު ނަގައިދީފަ އެވެ. އެ ގޯލަށް ފަހު، ދެ ޓީމުން ވެސް ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، ލަންކާ އަށް އިތުރު ގޯލެއް ނުޖެހި ނޭޕާލް މޮޅުވީ އެވެ.
ރާއްޖެ އަތުން ފުރަތަމަ މެޗުގައި 7-1 އިން ބަލިވި ޕާކިސްތާނުން މިއަދު ބޫޓާނާ ކުޅުނު މެޗު ފަށަން ޖެހުނީ އުނދަގޫ ކޮށެވެ. ފުރަތަމަ ހާފުގައި ފަސް ފައުލު ހަމަވެ، ދުރު ޕެނަލްޓީ އަކުން ބޫޓާނުން ލީޑުނެގިއިރު، ރަނގަޅު އެޓޭކަކަށް އަރައި ބޫޓާނުން ދެ ވަނަ ލަނޑެއް ޖެހި އެވެ. ބޫޓާނުގެ ދެ ގޯލު ވެސް ޖެހީ ޑަވާ ޝެރިން އެވެ.
ފުރަތަމަ ހާފުގައި ޕާކިސްތާނުން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ޖެހޭގޮތެއްނުވި އެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގައި ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް، ހަތަރު ގޯލު ޖެހި އެވެ. އެ ޓީމުން ފުރަތަމަ ދެ ގޯލު ޖެހީ ސެޓްޕީސް އިންނެވެ. އެ ގޮތުން، ހިލޭ ޖެހުމަކުން، ތަނަވަސްވި ފުރުސަތެއްގައި މުހައްމަދު ހައްސާން ޒަފަރު ހާން ފުރަތަމަ ލަނޑު ޖެހިއިރު، ކޯނަރަކުން ކުރި އެޓޭކެއްގައި ދެ ވަނަ ލަނޑު ޖެހީ އާސިފް އަހުމަދު ޗޯދަރީ އެވެ. ޕާކިސްތާންގެ ފަހު ދެ ލަނޑު ޖެހީ ބަދަލަކަށް އަރައި އެޓޭކުގައި މޮޅު ކުޅުމެއް ދެއްކި، މުހައްމަދު އާދަން އަޝްފާގު އެވެ.
މުބާރާތުގައި މިއަދު ދެން އޮތީ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗެވެ. ރާއްޖެ މޮޅަކުން ފެށިއިރު، ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި އިންޑިއާއާ 4-4 އިން އެއްވަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ