އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.މިއަދު އެކި ރަށްރަށުގައި ކުރިއަށްދާ މި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިރޭ 8:00 އާ ހަަމައަށެވެ. އެއަށްފަހު ވޯޓު ގުނައި ނަތީޖާ ފާޅުކުރުމުގެ މަސައްކަތް ކުރާނެ އެވެ. މިއަދު ކުރިއަށްދާ ޕްރައިމަރީގެ ވޯޓުގައި ރަށު ކައުންސިލްތަކުގެ އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާ އެކު، ޖުމްލަ 129 މީހަކު ވާދަކުރެ އެވެ. އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ރަށްރަށުން 15 މީހަކާއި މާލެއިން އަށް މީހެކެވެ.މި އިންތިހާބުގައި އެންމެ ވާދަވެރިކޮށް ދަނީ، މާލޭގެ މޭޔަރުކަމަށް ޕާޓީން ނެރޭނެ މީހަކު ހޮވުމެވެ. އެމްޑީޕީގެ ޕްރައިމަރީގައި މޭޔަރު ކަމަށް ވާދަކުރަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ