ދިރާގުން ކުރިއަށްގެންދާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ފުރަތަމަ ސްޕީޑްބޯޓު އޮޒެން ރިޒާވް ބޮލިފުށި ރިސޯޓުގައި މަސައްކަތްކުރާ ސ. ފޭދޫ، ހަރުމަލުގެ، އަބްދުﷲ ސައީދަށް ލިބިއްޖެ އެވެ.
ހުޅުމާލެ ފޭސް 2 ދިރާގު ބީޗްގައި ފޯރިގަދަ ހަރަކާތްތަކާއެކު ބޭއްވި އިވެންޓެއްގައި ދިރާގު މޯބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި ގުރުއަތުލުމުން ހޮވުނީ އަބްދުﷲ ސައީދުގެ ނަންބަރު 7944009 އެވެ.
އަބްދުﷲ ސައީދު އަދަދު އަށް ބުނީ މީގެކުރިން މިފަދަ ފުރުސަތެއް ނުލިބި ހުއްޓާ ސްޕީޑް ބޯޓު ލިބުނީމަ ވަރަށް އުވާފާ ކަމަށާއި އަބަދުވެސް ފުރުސަތެއް ލިބިދާނެ ކަމަށް އުންމީދުކުރަމުންދިޔަ ކަމަށެވެ.
2001 ވަނަ އަހަރުން ފެށިގެން ދިރާގުގެ ކަސްޓަމަރެއް ގޮތަށް ހުރި އަބްދުﷲ ސަދީދު ބުނީ ސްޕީޑް ބޯޓު ބޭނުންކުރާނީ މަހަށް ދިޔުމަށާއި އެހެނިހެން ކަންކަމަށް ކަމަށެވެ.
"ވަރަށް އުފާވާނެ ދޯ ލިބުނީމަ. އަމިއްލައަށް ބޭނުންކުރާ ގޮތަށް [ސްޕީޑް ބޯޓް]. މަސްވެރިކަމަށް އަސްލު ވިސްނާފައި އޮތީ. އަބަދުވެސް އުންމީދުކުރަން ލިބިދާނެ ކަމަށް. މިދިޔަ ފަހަރު ނުލިބުނީމަ އަނެއްކާ ވެސް ލީ. މީގެކުރިން ދުވަހަކުވެސް ނުލިބޭ،" އޭނާ ބުންޏެވެ.
އަބްދުﷲ ސައީދަށް ލިބުނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އެ ބޯޓާއެކު އޭނާއަށް ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް ލިބޭނެ އެވެ.
މި ގުރުއަތުގެ މަރުހަލާ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް ބެލެހެއްޓުމަށްޓަކައި ދިރާގުން ވަނީ ތިން ވަނަ ޕާޓީ އޮޑިޓަރެއްގެ ގޮތުގައި ނެކްސާ މޯލްޑިވްސް އައްޔަންކޮށްފަ އެވެ. މިގޮތުން ނެކްސާ މޯލްޑިވްސް އިން ގުރުއަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލައި ގުރުއަތު ނެގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވި އެވެ.
ގުރުވަތު ނެގުމަށް ބޭއްވި ހާއްސަ އިވެންޓުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.
ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޔެކެވެ.
ދިރާގު ސްޕީޑް ބޯޓު ލިބުނީ ރިސޯޓެއްގައި މަސައްކަތްކުރާ ފޭދޫ މީހަކަށް ދިރާގު ސްޕީޑް ބޯޓު ލިބުނީ ރިސޯޓެއްގައި މަސައްކަތްކުރާ ފޭދޫ މީހަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ