އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި

އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ޓިކެޓު މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި އެވެ.
މާލޭގައި މިއަދު ނެގި ވޯޓުން މިހާތަނަށް ގުނި ހުރިހާ ފޮށްޓެއްހެން ކާމިޔާބު ކުރައްވާފައިވަނީ އާދަމް އާޒިމް އެވެ. އޭނާ އާއި މި އިންތިހާބުގައި ދެން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
މިހާރުގެ ނަތީޖާތައް ދައްކާގޮތުން ޖުމްލަ ސައްހަ ވޯޓުގެ 60 ޕަސެންޓަށްވުރެ މަތީ އަދަދެއް އާދަމް އާޒިމް ހޯއްދަވާނެ އެވެ.
އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްގެ މަގާމުގައި ވެސް މިހާރު ހުންނެވި އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަން ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެއްވީ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މާލެ ސިޓީން 31 ޕަސެންޓު މީހުން ވޯޓުލީ އިންތިހާބުގެ 44.8 ޕަސެންޓު ހޯއްދަވައިގެންނެވެ.
ޖެނުއަރީ 13، 2024 ގައި ބޭއްވި އެ އިންތިހާބުގައި އާޒިމް އާ އެންމެ ގާތުން ވާދަކުރެއްވީ، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރު އެވެ. މޭޔަރުކަމަށް ވަޑައިގަތުމުގެ ކުރިން، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި އާޒިމް ހުންނެވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ