މަރުހަބާ! އާދަމް އާޒިމް

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް އެމްޑީޕީގެ  ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް  ކަށަވަރު ކުރައްވައިފިއެވެ. 
މިއަދު ނެގި ވޯޓުން މިހާތަނަށް ގުނި މަދު ފޮށްޓެއް ނޫނީ ހުރިހާ ފޮއްޓެ އްހެން ކާމިޔާބު ކުރެއްވީ އާދަމް އާޒިމް އެވެ. 
އާދަމް އާޒިމް އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ވާދަ ކުރައްވައިގެނެވެ. ހުރިހާ ފޮށި ގުނާ ނިމޭއިރު ޖުމްލަ ސައްހަ ވޯޓުގެ %60 އަށް ވުރެ މަތީން އާދަމް އާޒިމް  ވޯޓް ހޯއްދަވާނެ ކަމަށް ބެލެވެއެވެ.
އާދަމް އާޒިމަކީ އެމްޑީޕީގެ މާލެ ދާއިރާގެ  މިހާރުގެ ރައީސްއެވެ. އަނެއްކޮޅުން އާދަމް އަޒިމަކީ  މާލެ ސިޓީގެ މިހާރުގެ މޭޔަރެވެ.
އާދަމް އާޒިމަކީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރު ބަލިކުރައްވާ 2024ގައި އޮތް ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ހިދުމަތްތެރި މޭޔަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ