މަސައްކަތްކުރަންވީ އެކީގައި ލޯކަލް ކައުންސިލް ކާމިޔާބުކޮށް، އެމްޑީޕީއަށް 2028 ވެސް ހޯދަން: އާދަމް އާޒިމް
މިއަދުގެ ކާމިޔާބާއެކު ދެން މަސައްކަތްކުރަންވީ އިދިކޮޅު އެމްޑީޕީއަށް މުޅި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްދީ، 2028ގެ ރިޔާސީ އިންތިޚާބު ވެސް ހޯދައިދޭން ކަަމަށް، އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޓިކެޓު ކަށަވަރުކުރެއްވި އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ. ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އާދަމް އާޒިމަށް މަރުހަބާ ކިޔުމަށް މިރޭ ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އޭނާއަށް ޕްރައިމަރީ ކާމިޔާބުކުރުމަށް ޓަކައި މަސައްކަތް ކުރި އެންމެނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން ލިބުނު ތާއީދަށް ވެސް ޝުކުރު އަދާކުރެއްވިއެވެ. https://sun.mv/216776 އޭނާ ވިދާޅުވީ މޭޔަރުކަމުގެ ޕްރައިމަރީ އޭނާއަށް ކާމިޔާބުވުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި މިއަދު އެދެނީ އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓާއި އެހެން ބޭފުޅުން ވެސް އޭނާއާއެކު މާލޭގެ މޭޔަރުކަމާއި، ކައުންސިލާއި، މުޅި ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ދެން އަންނަ ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީން ކާމިޔާބުކޮށް، ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އާދަމް އާޒިމަށް މަރުހަބާ ކިޔުމަށް މިރޭ ބޭއްވި އިވެންޓުގައި އާޒިމް --- އޭނާ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ނުލިބޭހާ ހިނދަކު ރައްޔިތުން ތިބޭނީ ނިކަމެތި ކަމުގައި ކަމަށާއި އެ ކަން ބަދަލުވާނީ ވެރިކަން ލިބިގެން ކަމަށެވެ. "ހަމައެއާއެކު އެ ދާ ގޮތަށް ގޮސް، އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް 2028ގެ ވެރިކަން ހޯދައިދޭނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން،" އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މާލެއަކީ ބޮޑެތި މައްސަލަތައް ހުރި ތަނެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި، މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަނގަޅު މާލެއެއް ހޯއްދަވައިދެއްވަން ކަމަށް ވިދާޅުވިއެވެ. އަދި މިރޭ ވެސް އާޒިމް ވަނީ އެމްޑީޕީއާއެކު އަބަދުވެސް ހުންނަވާނެ ކަމަށާއި، އެމްޑީޕީން ގައުމަށް ގެނައި ހެޔޮ ބަދަލުތައް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ