އާދަމް އާޒިމަށް އަލީ އާޒިމްގެ މަރުހަބާ: "ކާމިޔާބުކޮށްދޭން މަސައްކަތްކުރާނަން"
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރެއްވުމާއެކު، އޭނާގެ ވާދަވެރިޔާ އަލީ އާޒިމް މަރުހަބާ ވިދާޅުވެއްޖެއެވެ. ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރި މިއަދުގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރެއްވީ އާދަމް އާޒިމެވެ. އަނެއްކޮޅުން ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އަލީ އާޒިމަކީ މިދިޔަ ރިޔާސީ އިންތިޚާބާ ގާތްކޮށް، އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އެއިރުގެ އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ނިކުންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން އަލީ އާޒިމް ހިމެނޭހެން މުޅި ޑިމޮކްރެޓްސްގެ ހުރިހާ އިސް މެންބަރުންހެން، އަލުން އެމްޑީޕީއަށް ވަނީއެވެެ. https://sun.mv/216769 ފަސް ހާހަށްވުރެ ގިނަ މީހުން މާލޭގެ ދާއިރާތަކަށް ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އަދި 17 ފޮއްޓެއް މާލޭގެ ދާއިރާތަކަށް ޚާއްސަކޮށް ބަހައްޓައިފައިވެއެވެ. މީގެ ތެރެއިން ގިނަ ފޮށިތަކެއްގެ މެޖޯރިޓީ ހޯއްދެވީ އާދަމް އާޒިމެވެ. އެއާއެކު މިރޭ އަލީ އާޒިމާއި، އާދަމް އާޒިމް ވަނީ ފޯނުން ގުޅުއްވައި ވާހަކަދައްކަވައިފައެވެ. އެ ފޯން ކޯލުގައި، އާދަމް އާޒިމަށް ވަރަށް ބޮޑަށް މަރުހަބާ ވަނީ ވިދާޅުވެފައެވެ. އަދި އެދެނީ އެމްޑީޕީއަށް ކާމީޔާބަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް މޭޔަރުކަމުގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަލީ އާޒިމް ވިދާޅުވިއެވެ މާލޭގެ މޭޔަރުކަމުގެ ގޮނޑިއަކީ ވާދަވެރި ގޮނޑިއަކަށްވުމާއެކު، މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެމްޑީޕީ ބައިބައިވީހެން އަލުން އެކަން ތަކުރާރުވެދާނެތީ ވަރަށް ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ވެފައެވެ. ނަމަވެސް ޕާޓީގެ ލީޑާޝިޕުން ވަނީ އެ ފަދަ ކަމެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ