މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ހުސްވެފައިވާ ޗެއާމަންގެ މަގާމަށް ހުސައިން އަފީފް (ޗަމްޕާ އަފީފް) މިއަދު އައްޔަންކޮށްފި އެވެ.
ތަފްސީލު - މިއަދު ކުރުނބާ މޯލްޑިވްސްގައި މަޓީގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އާ ދައުރަކަށް ވަނީ އިންތިހާބުކޮށްފަ އެވެ.
މަޓީގެ ހިންގާ ކޮމިޓީގެ ނިމުނު ދައުރުގައި ހުސައިން އަފީފް ހުންނެވީ އެ ޖަމިއްޔާގެ ވައިސް ޗެއާމަންގެ މަގާމުގަ އެވެ.
އެނގުން މުހިންމު - އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ވެސް މަޓީގެ ހިންގާ ކޮމިޓީގެ ނިމުނު ދައުރުގައި ޗެއާމަންގެ މަގާމު އޮތީ ހުސްކަމެއްގަ އެވެ.
އެއީ އެ މަގާމުގައި ހުންނެވި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިދިޔަ އޮގަސްޓުގެ ފަހުކޮލުގައި އަވަހާރަވުމާ ގުޅިގެންނެވެ.
އުމުރުން 78 އަހަރުގައި މުހައްމަދު އުމަރު މަނިކު އަވަހާރަވެފައި ވަނީ ހާލު ދެރަވެ، ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާތާ މަހެއްހާ ދުވަސްް ފަހުންނެވެ.
މަޓީގެ ޗެއާމަންގެ މަގާމަށް ޗަމްޕާ ހުސައިން އަފީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ