ކަނޑު މަގުން 29 މިލިއަން ރުފިޔާގެ އަގުހުރި ހަޝިޝް އޮއިލް ރާއްޖެ އެތެރެކުރަން އުޅުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ވީ ކިހިނެއް؟ - މި ތަކެތި އަތުލައިގަތީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއަށް ކަނޑުމަގުން ގެނައި މުދާ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. މި ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުރިއިރު، އޭގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފަ އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ އެ ތަކެތި ފުލުހުންނާ ހަވާލުކުރުމުން، ހަަމަ އެ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ:
ހަސަން މަފާޒު، 26، މަދާރުގެ/މ. މުލައް
ވިޝާމް މުހައްމަދު، 35، ހ. ފިލްމީސައިޓް
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އެތެރެކުރި މައްސަލާގައި 2 މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ