މި މަހުގެ ފުރަތަމަ ހަފުތާއިން ދެވަނަ ހަފުތާއަށް، އެކްސިޑެންޓުތަކުގެ އަދަދު 31 ޕަސެންޓް ދަށްވެއްޖެ
މި މަހުގެ ފުރަތަމަ ހަފުތާއަށްވުރެ، ދެވަނަ ހަފުތާގައި މާލެއާއި ސިނަމާލެ ބްރިޖުގައި ހިނގާފައިވާ އެކްސިޑެންޓުތަށް 31 އިންސައްތަ ދަށްވެއްޖެއެވެ. ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި ބުރިޖު ހައިވޭ ހިމެނޭހެން ޖުމްލަ 43 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެއީ އޭގެ ކުރީ ހަފުތާގައި ހިނގާފައިވާ 63 އެކްސިޑެންޓާއި އަޅާ ބަލާއިރު 31 އިންސައްތައިގެ ދަށްވުމެކެވެ. ފުލުހުން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން ޖުމްލަ 37 އެކްސިޑެންޓެއް މާލޭގެ މަގުތަކުގައި ވަނީ ހިނގާފައެވެ. https://x.com/policemv/status/2023655918819569956 އަދި އެއްދުވަހަކު އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ، މިމަހުގެ އަށެއްވީ އާދީއްތަ ދުވަހެވެ. އެ ދުވަހު އެކަނި ވަނީ މާލެއާއި ބުރިޖާއި ހައިވޭ ހިމެނޭހެން ޖުމްލަ 10 އެކްސިޑެންޓެއް ރިޕޯޓުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ، ސައިކަލާއި ސައިކަލު ޖެހިގެންނާއި ކާރާއި ސައިކަލު ޖެހިގެންނެވެ. އެގޮތުން ސައިކަލާއި ސައިކަލު ޖެހިގެން ހަތް އެކްސިޑެންޓެއް ހިނގާފައި ވާއިރު ކާރާއި ސައިކަލު ޖެހިގެން ވެސް ވަނީ ހަތް އެކްސިޑެންޓެއް ހިނގާފައެވެ. މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގައިފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ. އަދި އެހެން އެކްސިޑެންޓުތަކުގައި މީހުންނަށް، ދާއިމީ އަނިޔާތައް ލިބިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ