ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުން އަމްޖަދު އިސްތިއުފާ ދެއްވައިފި
ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުން އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.މިދިޔަ އަހަރުގެ 19 ފެބްރުއަރީގައި އެ މަގާމަށް އައްޔަންކުރި އަމްޖަދު އޭގެ 1 އަހަރާއި 2 މަސް ފަހުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވަނީ ފޮނުވައިފަ އެވެ.ނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.އަމްޖަދު މުސްތަފާ މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް ކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރު ކަން ކުރައްވާފަ އެވެ.ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭފުޅަކު ހޮވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ