ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕް ރާޅާއެޅުންތެރިޔާ ސައްޔިދަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ސްޕޯޓްސް ސްކޮލަރޝިޕް ރާއްޖޭގެ އަރަމުން އަންނަ ސަރފިންގ އެތުލީޓު، ސައްޔިދު ސަލާހުއްދީނަށް ލިބިއްޖެއެވެ.
މި ސްކޮލަޝިޕްގެ ދަށުން ސައްޔިދުގެ ޓްރެއިނިންގ ކުރިއަށް ގެންދާނީ ޗައިނާ، ފިލިޕީންސް އަދި އިންޑޮނޭޝިއާގައެވެ. އަދި އޮސްޓްރޭލިއާގައި ކުރިއަށްދާ މުބާރާތެއްގައިވެސް ބައިވެރިވާނެއެވެ.
ބީއެމްއެލްއިން ބުނީ، މުބާރާތާއި ޓްރެއިނިންގއަށް ބޭނުންވާ އިކުއިޕްމެންޓް، މި ސްކޮލަރޝިޕްގެ ދަށުން ފޯރުކޮށްދޭނެކަމަށެވެ.
މިއީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވާ ކުޅިވަރުގައި ރަނގަޅު ކާމީޔާބީތައް ހޯދުމަށް އެހީތެރިވުމަށްދޭ ސްކޮލަރޝިޕެކެވެ.
ސްކޮލަރޝިޕް ލިބޭ އެތުލީޓުން ހޮވަނީ ބީއެމްއެލްއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއޯސީންނެވެ.
ބޭންކުން ހުރިހާ ޚަރަދެއް ފޯރުކޮށްދޭ މި ސްކޮލަރޝިޕަށް ހޮވޭ އެތުލީޓުންނަށް ހައި ޕާފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީނުވުމުގެ ފުރުސަތު ލިބޭނެއެވެ.
ބީއެމްއެލް ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް މި ސްކޮލަރޝިޕްގެ ދަށުން ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ.
ރާއްޖޭގެ ފުޓްބޯޅަ، ސްވިމިންގ، ޓެނިސް، ބާސްކެޓްބޯޅަ، ސަރފިންގ ފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ޤައުމީ އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބެއް ހޯދުމުގައި އެހީތެރިވުމަށް ދޭ ސްކޮލަރޝިޕެކެވެ.
މި އަހަރު މި ސްކޮލަޝިޕް ލިބުނު ސައްޔިދަކީ 2024 ވަނަ އަހަރު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ރާއްޖެ ކުއާޓާފައިނަލާއި ހަމައަށް ގެންގޮސްދީ އެ އަހަރު އޭޝިއާ ރޭންކިންގައި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ހޯދައިދިން ޓީމުގައި ހިމެނޭ އެތުލީޓެކެވެ.
ދިވެހި ސާފިންގ ލީގައި އޭޝިއާ މުބާރާތްތަކުގައި ވާދަކުރަމުން ސައްޔިދު ވަނީ 2024 ވަނަ އަހަރު އޯ ލެވެލް އިމްތިހާނުގެ ގަދަ 10 އެއްގައިވެސް ހިމެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ