އަސްމާ ޕީއެންސީން ވަކިކުރަން އުޅޭ ކަމުގެ ތުހުމަތަށް ފަލާހު: އެއީ ބޮޑު ދޮގެއް!
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދު އެ ޕާޓީން ވަކިކުރަން އުޅޭ ކަމުގެ ތުހުމަތުތައް، ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ދޮގުކުރައްވައިފިއެވެ. ދާދި ފަހުން ވަނީ، އަސްމާ، ސަރުކާރާމެދު ނުރުހުން ފާޅުކުރައްވާ ކޯލެއްގެ ރެކޯޑިން ލީކުވެފައެވެ. އެ އޯޑިއޯ ލީކުވި ފަހުން، އޭނާގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އޭނާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މަގާމުން ވަކިކޮށްފިއެވެ. އެ އާއިލާގެ މެންބަރަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ އެ ކޯލް ރެކޯޑިންއާ ގުޅިގެންނެވެ. އެ ރެކޯޑިންއާ ގުޅިގެން، ޕީއެންސީގެ ޑިސިޕްލިނަރީ ކޮމިޓީން އަސްމާގެ މައްސަލަ ބަލައި، އޭނާ ޕާޓީން ވަކިކުރަން މަސައްކަތް ކުރާ ކަމަށް ވަނީ ސޯޝަލް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. އަސްމާ ޕާޓީން ވަކިކޮށްފި ނަމަ، މި ސަރުކާރުގައި ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، ގޮނޑި ގެއްލޭނެއެވެ. އެމްޕީ އަސްމާ: އޭނާ ޕާޓީން ވަކިކުރަން ނޫޅޭ ކަމަށް ފަލާހު ވިދާޅުވި -- ފޮޓޯ/ މަޖިލިސް އެ މައްސަލައިގައި، އަސްމާއަށް އެއްވެސް ފިޔަވަޅެއް އަޅަން ނިންމައިފައިވޭތޯ ސުވާލުކުރުމުން ފަލާހު ވިދާޅުވީ، އެއީ ބޮޑު ދޮގެއް ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި, މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. https://sun.mv/220225 މީގެ އިތުރުން، ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ، ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ބޭފުޅުން މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ފެނަކައިގެ އެމްޑީ މުޙައްމަދު ނަޖާޙާއި އެގްރޯނެޓްގެ އެމްޑީ ހުސެއިން ދީދީ ވަކިކޮށްފައިވާއިރު އެމްޕީއެލްގެ އެމްޑީ ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ