ހއ. ދިއްދޫގައި ދިއްދު އާއި ހަނިމާދޫގެ ވާދަކުރުމެވެ.
ބ. އޭދަފުށީގައި، އޭދަފުއްޓާއި މަނަދޫގެ ކުރިމަތިލުމެކެވެ.
ދ. މީދޫގައި ކުޑަހުވަދު އާއި މ. މުލަކެވެ.
ގަލޮޅު ދަނޑުގައި، ދެވަނަ ޑިވިޒަންގެ ދެ މެޗު ހަވީރާއި ރޭގަނޑު އޮތެވެ.
ހުޅުމާލޭ ޓްރެކް ދަނޑުގައި، ސްކޫލްތަކުގެ 17 އަހަރުން ދަށުގެ ދެ މެޗުގެ ވާދަވެރިކަމެވެ.
މިއީ އިއްޔެ އާއި ރޭ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅުނު ވާދަވެރި މެޗުތަކެވެ. ޖުމްލަ ހަތް މެޗެވެ.
އެފްއޭއެމްގެ އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި މިއީ މުޅި ރާއްޖެއަށް ފުޓްބޯޅަ ފެތުރިފައި އޮތްކަމުގެ މިސާލެކެވެ. ރަސްމީ ފުޓްބޯޅައިގެ ވާދަކުރުންތައް އޮންނަނީ ހަމައެކަނި މާލޭގައި ނޫންކަމުގެ ދަލީލެކެވެ.
"މި ފަހުން މިހާ ގިނަ މެޗުތަކެއް އެއްވަގުތެއްގައި މުޅި ރާއްޖޭގައި ބޭއްވިފައެއް ނެތް،" އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ކުރިން ބުނާނީ މާލޭގައޭ މެޗުތައް ވެސް، ފުޓްބޯޅައިގެ އެހެން ހަރަކާތްތައް ވެސް އޮންނާނީ. އެކަމަކު މިއަދު މި ފެންނަނީ މުޅި ރާއްޖޭގައި ވާދަވެރިކަން."
މި ވަގުތު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށް ދަނީ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ރީޖަނަލް ކޮލިފިކޭޝަން މެޗުތަކެވެ. ނޯތު ރީޖަން އާއި ސެންޓްރަލް ރީޖަންގެ ގަދަ ހަތަރު ޓީމު މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެގޮތުން:
ހއ. ދިއްދޫ
ހދ. ހަނިމާދޫ
ނ. މަނަދޫ
ބ. އޭދަފުށި
ކ. ހުރާ
އދ. މަހިބަދޫ
ދ. މީދޫ
ދ. ކުޑަހުވަދޫ
ދެން އޮތީ ސައުތު ރީޖަން އެވެ. އެ ރީޖަންގެ ލީގަށް ކޮލިފައި ވާނީ ސައުތު ރީޖަން ޒޯން އެކެއްގައި ހިމެނޭ ތ. ލ، އަދި ގއ. އާއި ޒޯން ދޭއްގައި ހިމެނޭ ގދ، ފުވައްމުލައް އަދި އައްޑު އަތޮޅުގެ ގަދަ ހަތަރު ޓީމެވެ.
ރީޖަނަލް ލީގުތައް މޭ މަހު ނިމޭނެ ކަމަށް ބެލެވެ އެވެ. އޭރު މާލޭގެ ދެވަނަ ޑިވިޒަންގެ ޗެމްޕިއަނުންނާއި ސަރަހައްދީ ތިން ލީގުގެ ޗެމްޕިއަނުންނާ އެކު ހަތަރު ޓީމު، މި އަހަރުގެ ދިވެހި ލީގަށް ކޮލިފައިވާނެ އެވެ.
ހުޅުމާލޭގައި މިހާރު ކުރިއަށް ދާ ސްކޫލްތަކުގެ 17 އަހަރުން ދަށުގެ މުބާރާތުގައި ރަށްރަށުގެ ބައެއް ސްކޫލްތަކާ އެކު 25 ސްކޫލަކުން ވާދަކުރެ އެވެ. ޓީމުތައް ބަހާލާފައި ވަނީ ހަ ގްރޫޕަކަށެވެ. ގްރޫޕް ހައެއްގައި ފަސް ޓީމު، އަނެއް ފަސް ގްރޫޕްގައި ހަތަރު ޓީމެވެ.
މި މުބާރާތުގައި ރަށްރަށުން ވާދަކުރަނީ ކ. ގުޅި، މާފުށި، ހުރާ، ހިންމަފުށި، ގުރައިދޫ، ކ. އަތޮޅު މަދަރުސާ، ވ. ކެޔޮދޫ އަދި އދ. އަތޮޅު ތައުލީމީ މަރުކަޒެވެ.
މިހާ ގިނަ މެޗުތަކެއް އެއްފަހަރާ ކުރިއަށް ދާތީ ރާއްޖޭގައި އެވަރަށް ރެފްރީން ވެސް ނެތުމާ އެކު އިންޑިއާއިން ވަނީ 10 ރެފްރީން ގެނެސްފަ އެވެ.
މުޅި ރާއްޖޭގައި ފުޓްބޯޅައިގެ ވާދަވެރިކަމެއް، އިއްޔެ އެކަނި ހަތް މެޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ