ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދިނީ ޕީއެންސީއަށް ކަމަށް ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފައި ނުވާ ކަމަށާއި އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ޕީއެންސީއަށް ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ކަމަށް ބުނެ ޕީއެންސީގެ މެމްބަރުން މަޑުން ތިބެން ބުނާއިރު، މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއް ޕީއެންސީއަށް ދިނުމުން އެމްޑީޕީގެ މެމްބަރުން ވެސް ލަދުން އެއްޗެއް ނުބުނެ ތިބުން މާ ރަނގަޅު ކަމަށް އައިބީ ވިދާޅުވި އެވެ.
"އެހެންތަ މިވަނީ؟ ގަޔަށް ބޮލަށް އަރައިގަނެ މިތާތެރޭ މި އުޅެނީ،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ ބަޖެޓަކަށް ވެސް ވޯޓު ދެއްވާ ބައެއް ނޫން ކަމަށާއި މަޖިލީހުގެ ތެރެއިން ގިނަ ކަންތައްތަކެއް ނިމިގެންދާއިރު ވެސް އެމްޑީޕީގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. ނަމަވެސް ތަފާތު އެކި އިސްލާހުތައް މަޖިލީހަށް ވެއްދުމަށްފަހު ގައުމަށް އިސްލާހު ގެންނަން އުޅޭ ކަމަށް އެމްޑީޕީގެ މެމްބަރުން ބުނާ ކަމަށާއި އެއީ ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އައިބީ ވިދާޅުވި އެވެ.
އައިބީ މިހެން ވިދާޅުވިއިރު ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ. އެ ޕާޓީ އަށް ލިބުނު ކާމިޔާބީ އަށް ބަލާ އިރު، މިހާރު ވެސް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން މަގާމުން ދިފާއު ކުރެއްވުން ހިމެނެ އެވެ.
އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދިނީ ޕީއެންސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ