ގެމަނަފުށީގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ގއ. ގެމަނަފުށީގައި ދެ ބިދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ގއ. ވިލިނގިލި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ގެމަނަފުށީ ސިއްޚީ މަރުކަޒުގައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މާރާމާރީ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ. މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ