ގެމަނަފުށީގައި ވެސް ބިދޭސީންގެ މާރާމާރީއެއް؛ އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފި

ގއ. ގެމަނަފުށީގައި ދެ ބީދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި އެކަކު ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނީ ގެމަނަފުށީގައި ދެ ބީދޭސީއެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގި ކަމަށް 23:00 އެހާކަންހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް ގެމަނަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ ހާދިސާ ހިނގި ސަރަހައްދުން ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ޚިދުމަތުން ފާހަގަކުރިއެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. https://sun.mv/222651 އެ ހާދިސާ ހިނގިއިރު، އިއްޔެ އާޓިފިޝަލް ބީޗުގައި ބިދޭސީންގެ ގުރޫޕަކުން މާރާމާރީ ހިންގި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ހޯމް މިނިސްޓްރީން ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ