ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ފަށަނީ

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތްތައް ކުރުމަށް ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ވަނީ ޗައިނާގެ ކުންފުންޏާ އެމްޕީއެލް އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.
ދިވެހިރާއްޖޭގެ
މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި، ރިޔާސީ ބަޔާނުގައިވެސް ވަނީ އެވާހަކަ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު
ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ
ކަަމަށެވެ.
އެމްޕީއެލުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ
ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތަށް، ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީ.އެޗް.އީ.ސީއާ ހަވާލުކޮށްފައިވާކަމަށެވެ. މި އެއްބަސްވުމުގެ
ދަށުން، ސީ.އެޗް.އީ.ސީން މި މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި
ފުރިހަމަކުރުމަށްފަހު، ދެ ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް، މި
ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.   
މި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން ވިދާޅުވީ، މިއަދަކީ އެމް.ޕީ.އެލްގެ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ. އަދި
ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތާއި،
އާންމު ރައްޔިތުންގެ ހައްގުގައިވެސް ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް
ކަމަށް ސީއީއޯ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ (ރިޔާސީ ބަޔާނުގައި) ވަރަށް އިތުބާރާއެކު ވިދާޅުވީ ދިވެހިރާއްޖޭގެ ބަނދަރު 2027ގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމައި، ހުޅުވެނެ ވާހަކަ. "އެމް،ޕީ.އެލްގެ އުމުރުން 39 ފުރި، 40 އަހަރަށް ދަތުރުކުރަމުންދާއިރު، މި ކުންފުނީގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންގެވެސް އެއް އުންމީދަކީ އާ ޕޯޓަކަށް ބަދަލުވުން. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނާ މި ހަވާލުކުރީ ވަރަށް ބޮޑު ޒިންމާއެއް
އެމްޕީއެލްގެ ސީއީއޯ ރިޝްވާން
ރިޝްވާން
ވިދާޅުވީ އެމް.ޕީ.އެލްގެެ ހުރިހާ މުވައްޒަފުން ގުޅިގެން، ތިލަފުއްޓަށް ބަނދަރު
ބަދަލުކުރުމުގެ އަމާޒު ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން މިއީ ރައްޔިތުންގެ ހައްޤުގައި ވިޔަފާރި އާއި އިގްތިސާދީ ސިނާއަތުގެ ހައްޤުގައިވެސް ކުރުން މުހިންމު މަސައްކަތެއްކަމަށް ރިޝްވާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ