ޑީބީއެމްގެ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ ދޫކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް)ގެ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން މިއަދު ދޫކޮށްފި އެވެ.ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ބުނީ އެ ބޭންކަށް ވިޔަފާރި ފެށުމަށް ޓަކައި ބޭނުންވާ ހުއްދަ، އިއްޔެއިން ފެށިގެން ދޫކޮށްފައިވާ ކަމަށެވެ.ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެ އޮތޯރިޓީއިން ޑީބީއެމްއަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ. ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެކެވެ.އެމްއެމްއޭ އިން ބުނީ ޑީބީއެމްގެ ޚިދުމަތް ފެށުމުން ދިގު މުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ."އަދި މިއީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމުގައިވެސް މިއޮތޯރިޓީން ފާހަގަކުރަމެވެ." އެމްއެމްއޭ އިން ނެރުނު ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ