އެޕަލްގެ އައު އޭއައި އުފެއްދުންތަކެއް: ފަށުފުލަކާއި ސްމާޓް އައިނެއް!

އެޕަލް ކުންފުނިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ، ހަށިގަނޑުގައި އަޅައިގެން އުޅެވޭނެ އައު އުފެއްދުންތަކެއް ތައާރަފުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ގެންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ޚާއްސަ ދެ އުފެއްދުމަކީ ކަރުގައި އަޅާ "ފަށުފުލެއް" (ޕެންޑަންޓް) އޭއައި ޑިވައިސްއަކާއި، ޒަމާނީ ސްމާޓް އައިނެކެވެ. ބްލޫމްބާގްގެ މަޝްހޫރު ޓެކް ނޫސްވެރިޔާ މާކް ގާމަން ހާމަކޮށްފައިވާ ގޮތުގައި، މި އައު އުފެއްދުންތައް ބާރުވެރިކުރުވުމަށްޓަކައި އެޕަލް އިން މިހާރު ދަނީ އަމިއްލަ "ވިޝުއަލް އިންޓެލިޖެންސް" މޮޑެލްތަކެއް ތަރައްގީކުރަމުންނެވެ. މި އައު އޭއައި ފަށުފުލުގައި ހިމެނޭ ކެމެރާ އާއި ސެންސަރުތަކުގެ އެހީގައި، މީހާ ހުންނަ މާހައުލާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް ވަގުތުން ޖަވާބުދެވޭނެއެވެ. މިސާލަކަށް، ތިމާގެ ކުރިމަތީގައި ހުރި އެއްޗެއް ދެނެގަތުމާއި، ކާން އިންނަ ތަށީގައި ހުރި ތަކެއްޗަކީ ކޮބައިކަން ބުނެދިނުން ފަދަ ކަންކަން މި ޑިވައިސްއަށް ކުރެވޭނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، އެޕަލްއިން ތައްޔާރުކުރާ ސްމާޓް އައިނު ފަރުމާކުރާނީ ވަރަށް ލުއިކޮށް އާދައިގެ އައިނެއްގެ ސިފައަށެވެ. މިކަން ކުރުމަށްޓަކައި އައިނުގެ އޭއައި ޕްރޮސެސިންގެ ބޮޑު ބައެއް ހިނގާނީ އެއާ ގުޅާލެވިފައިވާ އައިފޯނުގެ އެހީގައެވެ. މި އޭއައި އުފެއްދުންތަކާ ބެހޭގޮތުން އެޕަލްއިން އަދި ރަސްމީކޮށް އެއްޗެއް ނުބުނޭ --- މީގެ އިތުރުން، ކެމެރާ ހަރުކޮށްފައިވާ އެއާޕޮޑްސްގެ މޮޑެލްތަކެއްވެސް އެޕަލްއިން އަންނަނީ ތަރައްގީކުރަމުންނެވެ. އައިފޯން 16ގައި މިހާރު ބޭނުންކުރާ ވިޝުއަލް އިންޓެލިޖެންސްގައި އޯޕަން އޭއައިގެ ޗެޓް ޖީޕީޓީ ބޭނުންކުރި ނަމަވެސް، މުސްތަގުބަލުގައި ނެރެން ހަމަޖެހިފައިވާ އައު އުފެއްދުންތަކުގައި ބޭނުންކުރާނީ އެޕަލްގެ އަމިއްލަ މޮޑެލްތަކެވެ. މި ބަދަލާއެކު ޑިވައިސްތަކުން ކަންކަމަށް އިޖާބަދޭ ގޮތް އިތުރަށް ފުރިހަމަވެގެންދާނެއެވެ. އެޕަލްގެ ސީއީއޯ ޓިމް ކޫކް ވެސް ވަނީ މުޅިން އައު އޭއައި އުފެއްދުންތަކެއް ތައާރަފުކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް މި ތަކެތި ބާޒާރަށް ނެރޭނެ ވަކި ތާރީޚެއް ނުވަތަ އަގުތަކެއް އެޕަލް އިން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، އެޕަލް ވޮޗްގައި ކެމެރާ ހަރުކުރުމަށް މީގެ ކުރިން ގެންގުޅުނު ޚިޔާލު އެޕަލްއިން މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ