ސައުދީން 15 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާގެ ސަރުކާރުން 15 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.މިއީ ރޯދަ މަހަށް ހާއްސަކޮށްގެން ރައްޔިތުން ބަހަން ހަދިޔާ ކަދުރުގެ ބޭރުން ސައުދީން ހަދިޔާކުރި ކަދުރެވެ.ކަދުރު ހަދިޔާ ކުރުމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށް ދެއްވީ ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ އެވެ.އިސްލާމިކް މިިނިސްޓްރީން ބުނީ މި އަހަރުވެސް ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ މަސައްކަތްތައް ދެ ގައުމު ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ