ދިއްދޫގެ ބިން 50 ދުވަހުން ހިއްކާ ނިންމާލައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް 50 ދުވަހުގެ ތެރޭ ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 4 ވަނަ ދުވަހު އެވެ. ރައީސް މުހައްމަދު މުއިއްޒު މިރޭ 'އެކްސް'ގައި ވިދާޅުވީ އެ ރަށު ބިންހިއްކުމުގެ މަސައްކަތް މިއަދު ނިންމާލާފައިވާ ކަމަށެވެ.
ތަފްސީލް - އެއާޕޯޓެއް ތަރައްގީ ކުރުމަށާއި ބޯހިޔާވަހިކަން އަދި އެ ނޫން ވެސް ހިދުމަތްތައް ގާއިމްކުރުމަށް ދިއްދޫންް 112 ހެކްޓަރު ހިއްކުމަށް 549،240 ކިޔުބިކް މީޓަރުގެ ވެލި ވަނީ އަޅައިފަ އެވެ.
އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ. އެގޮތުން:
ދިއްދޫގެ ބިން ހިއްކުމަށް ބޭނުން ކުރީ ޑްރެޖަރަކީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ 'ލެއިވް އެރިކްޝަން' ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު
މިއީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު
މި މަޝްރޫއުގެ އަގެއް އެމްއޭސީއެލް އިން ހާމައެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ