ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އައްޑޫގައި ވަޒީފާ އަދާކުރާ ބިދޭސީއަކު އިސްލާމްދީނަށް ވަދެއްޖެ ފަށުވިފޭރާން ރަމަޟާން ޕްރޮމޯޝަން – ނަސީބުވެރި ފަރާތަކަށް ޢުމްރާ ދަތުރެއް! މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި ބިރުވެރި ހާދިސާ މަގުބ

ބީއެމްއެލް އެޕް މެދުވެރިކޮށް މެޑިކަލް ޑޮލަރަށް އެދެވޭނެ ފަސޭހަ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލުން ބުނީ، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ ފަރާތްތަކަށް މިއަދުން ފެށިގެން ބީއެމްއެލްގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ޑޮލަރަށް އެދި ހުށަހަޅާނަމަ މޯބައިލް އެޕުގެ “ޑޭޝްބޯޑް” އަށް ގޮސް، ދާން ޖެހޭނީ “މެޑިކަލް ޑޮލާ ރިކުއެސްޓް”އަށެވެ.
އެމްއެލް އިން ބުނީ ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާ، މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހަޅޭނެ ކަމަށެވެ. އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ވެސް އެޕުން ބަލައިލެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ ސިއްހީ ފަރުވާއަށް ދާ ފަރާތްތަކަށް ޑޮލަރު ޖަމާކޮށްދޭނީ އެމީހެއްގެ އެކައުންޓަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ