މާލެއަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހާންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އިމާރާތްކުރުމާ ބެހޭ ވުޒާރާއިން މިއަދު ބުނި ގޮތުގައި ޖަޕާން ސަރުކާރުގެ އެހީގައި އެ މިނިސްޓްރީން ކުރިއަށް ގެންދާ އެ މަޝްރޫއުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން:
އެ މަޝްރޫއު ހިންގަން ސޮއިކުރީ ޖަޕާނުގެ ޓެކް އިންޓަނޭޝަނަލް އިންކޯޕޭޝަންއާ އެކު
އެއީ 247 މިލިއަން ޖަޕަނީޒް ޔެން (24.6 މިލިއަން ރުފިޔާ)ގެ މަޝްރޫއެއް
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު، ޓެކް އިންޓަނޭޝަނަލްއިން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ މަކޯޓޯ ޔޮކޮށީ
ތަފްސީލް - މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން:
މާލޭގައި ހުރި 16 ޕަމްޕް ސްޓޭޝަން އޮޓަމޭޓްކުރުމަށް ބޭނުންވާ އާލާތްތައް ހަރުކޮށް އޮޓަމޭޓްކުރުން
16 ޕަމްޕް ސްޓޭޝަން މޮނީޓާކުރަން ސެންޓްރަލް މޮނިޓަރިން ސްޓޭޝަނެއް ގާއިމްކުރުން
ފެން ހިންދާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ ޖެޓިން ވެހިކަލް ހޯދައި ހަވާލުކުރުން
އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ 16 މަސްދުވަހެވެ.
ފާހަގަކޮށްލެވޭ - އެ މަސައްކަތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޖޮއިންޓް ވެންޗާ އޮފް އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް އެންޑް ޔަޗިއާ އިންޖިނިއަރިން ކޮމްޕެނީ އެވެ.
މާލޭގެ ފެން ހިންދާ ނިޒާމް ހަރުދަނާކުރަން 24 މިލިއަން ރުފިޔާއަށް ޖަޕާން ކުންފުންޏަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ