ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކޮށްފި

މިހާރު ކެބިނެޓަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން މިނިސްޓަރު އޮފް ޑިފެންސް އެންޑް ނެޝަނަލް ސާވިސްގެ މަގާމަށް ހަސަން ރަޝީދު އައްޔަންކޮށް، އެ މިނިސްޓްރީގެ ނަން ވެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސާވިސްއަށް ބަދަލުކޮށްފި އެވެ.
ތަފްސީލު - ކެބިނެޓު އަލުން އެކުލަވާލީ، 10 މިނިސްޓަރުން އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ ވަޒީރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
މިނިސްޓަރުންގެ އިސްތިއުފާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި މިނިސްޓަރުންގެ އަދަދު 15އަށް މަދުކުރައްވައި ކެބިނެޓު އަލުން އެކުލަވާލައްވާފަ އެވެ. އަދި އޭގެ ތެރެއިން 13 މިނިސްޓަރުން ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ. އެއީ:
ހީނާ ވަލީދު - މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު
އަލީ ޝަރީފް - މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ
އިރުތިޝާމް އާދަމް - މިނިސްޓަރު އޮފް ފޮރިން އެފެއާޒް
ގީލާ އަލީ - މިނިސްޓަރު އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
މޫސާ ޒަމީރު - މިނިސްޓަރު އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް 
އަލީ އިހުސާން - މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަރު އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މުހައްމަދު ސައީދު - މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް
މުހައްމަދު އަމީން - މިނިސްޓަރު އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަރު އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
އަބްދުﷲ ރާފިއު - މިނިސްޓަރު އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް
އަހްމަދު ޝިޔާމް - މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ