ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓައި މިއަދު މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވެފައި ވަނީ މ. ރޭއަލިވާގެއާގެ/ މާލެ، އަޙްމަދު ނަވްޝާދު (41އ)އެވެ. މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވައި ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. https://sun.mv/220672 އެކަމާ ގުޅިގެން މިރޭ ފުލުހުން މިޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބަންދުގައި ހުއްޓައި ނިޔާވި މީހަކަށް ވުމުން، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ