ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ބޮޑެތި ޒަޚަމްތަކެއް ލިބި، އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.
އަދި ލިބުނު އަނިޔާތަކުގެ ސަބަބުން، ޑޮކްޓަރުން ވަނީ އެ މީހާގެ އެއް ފައި ބުރިކޮށްލާފައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މީގެ އިތުރުން، މިފަދަ ހާލަތްތަކުގައި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި، އެ ފަތުރުވެރިޔާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުން ބޮޑެތި ޒަޚަމްތަކެއް ލިބި ފައި ބުރިކޮށްލަންޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ