ތުރުކީގެ ސްކޫލެއްގައި ބަޑީގެ ހަމަލާތަކެއް ދީ، 16 މީހަކު ޒަހަމްކޮށްލުމަށްފަހު ހަމަލާދިން ކުއްޖާ އަމިއްލައަށް މަރުވެއްޖެއެވެ. ކުރީގެ ދަރިވަރަކު އޭނާ ކިޔެވި ސްކޫލަށް ވަދެ އިއްޔެ ދިން ބަޑީގެ ހަމަލާތަކެއްގައި، ދަރިވަރުން ހިމެނޭހެން 16 މީހަކު ޒަހަމްކޮށްލުމަށްފަހު، އޭނާ އަމިއްލައަށް މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ. ތުރުކީއަކީ އާންމުގޮތެއްގައި ސްކޫލްތަކުގައި މިފަދަ ހަމަލާތައް ހިނގުން މަދު ގައުމެކެވެ.
ތުރުކީގެ އިރުދެކުނުގައި އޮންނަ ސަންލިއުރްފާ ޕްރޮވިންސްގެ ގަވަރުނަރު ހަސަން ސިލްޑަކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހާދިސާ ހިނގި ސްކޫލަށް ސަލާމަތީ ބާރުތަކުން ގޮސް ދަރިވަރުން ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައިވާ ކަމަށެވެ.
ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ސިވެރެކް ޑިސްޓްރިކްޓްގައި ހުންނަ އެ ސްކޫލުން ދަރިވަރުން ބިރުން ނުކުމެގެން ދިޔައިރު، އެ ސަރަހައްދުގައި އެމްބިއުލާންސްތައް ވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައެވެ.
ގަވަރުނަރު ސިލްޑަކް ވިދާޅުވި ގޮތުގައި، ހަމަލާދީފައިވަނީ 2007 ވަނަ އަހަރު އުފަންވި، އެ ސްކޫލުގެ ކުރީގެ ދަރިވަރެކެވެ. އަދި ފުލުހުން އޭނާ ހިފަހައްޓަން މަސައްކަތް ކުރުމުން، އޭނާ ވަނީ އަމިއްލައަށް މަރުވެފައެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ސްކޫލް ހުސްކޮށްފައި. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނަން،" ގަވަރުނަރު ވިދާޅުވިއެވެ.
އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ޒަހަމްވި ގިނައީ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނެވެ. ހާދިސާ ހިނގާފައިވަނީ މީގެ އެއްދުވަސް ކުރިންނެވެ.
16 މީހަކު ޒަހަމްކޮށްލުމަށްފަހު އަމިއްލައަށް މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ