ހިނގަމުންދާ އޭޕްރިލް މަސް ނިމުމުގެ ކުރިން އެމެރިކާއިން މެދުއިރުމައްޗަށް އިތުރު 10،000 ސިފައިން ފޮނުވުމަށް ނިންމައިފިއެވެ.
ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން އެމެރިކާއިން އެ ޤައުމުގެ އަސްކަރީ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ޖޯޖް އެޗްޑަބްލިޔު ބުޝް އަދި އެ އުޅަނދާއެކު ދަތުރުކުރާ އެހެން ބޯޓުތަކުގައި މެދުއިރުމަ
އްޗަށް 6،000 ސިފައިން ފޮނުވާނެއެވެ. އަދި އިތުރު 4،200 ސިފައިން މި މަސް ނިމޭކޮޅު މެދުއިރުމައްޗަށް ފޯރާނެ ކަމަށް ބެލެވެއެވެ.
މީގެ ކުރިން އެމެރިކާއިން ވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުަވަހު މެދުއިރުމަތީ ހަނގުރާމަ ފެށުނު ފަހުން އެ ޤައުމުގެ 50،000އެއްހާ ސިފައިން ހަނގުރާމައިގެ އެކި އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.
ޔޫއެސްއެސް ޖޯޖް އެޗްޑަބްލިޔު ބުޝް މެދުއިރުމައްޗަށް ދަތުރުކުރަމުންދާއިރު، އެ މަނަވަރު އެ ސަރަޙައްދަށް އައުމުން މެދުއިރުމަތީގައި އޮތް އެމެރިކާގެ މަނަވަރުގެ ޢަދަދު 3އަކަށް އިތުރުވާނެއެވެ. ޔޫއެސްއެސް އަބްރަހަމް ލިންކަންއާއި ޔޫއެސްއެސް ޖެރަލްޑް ފޯޑް މިހާރު ވެސް ދަނީ މެދުއިރުމަތީގައި ޙަރަކާތްތެރިވަމުންނެވެ.
އެމެރިކާއިން ވަނީ އެ ޤައުމުގެ ކަނޑުމަތީ ސިފައިން، އީރާނަށް ކަނޑުމަގުން އުޅަނދުފަހަރު ދަތުރުކުރުމާއި އެ ޤައުމުން ފުރުމަށް ހުރަސްއަޅާނެ ކަމަށް އިޢުލާނުކޮށްފައެވެ. އެ ނިންމުމާ އެއްގޮތަށް އެ ކަން މިހާރު ޙާޞިލް ކޮށްފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑު، ސެންޓްކޮމުން ބުނެއެވެ. ނަމަވެސް ޓްރެކިންގ މަޢުލޫމާތުން ފެންނަ މަންޒަރު ތަފާތެވެ. އީރާނުގެ ބަނދަރުތަކުން ގިނަ ޢަދަދެއްގެ އުޅަނދު ލަފާފުރަމުންދާ ކަމާއި ހުރްމުޒް ކަނޑުއޮޅި ހުރަސް ކުރަމުންދާ ކަން އެ ޓްރެކަރުތަކުން ކަށަވަރުކޮށްދެއެވެ.
އެމެރިކާއިން މެދުއިރުމައްޗަށް އިތުރު 10،000 ސިފައިން ފޮނުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ