"އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން"

މިއަދު ކޮންމެ ރައްޔިތެއްގެވެސް އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީގެ ހަގީގަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައްޔިތުންްނަށް ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް ލިބިފައި ވަނީ މާޒީގައި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީތަކެއްގެ ސަބަބުން ކަމަށެވެ. އެހެންވެ، މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، މިނިވަންކަމަށްޓަކައި ކާބަފައިންވީ ޤުރުބާނީގެ ހަގީގަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމަކީވެސް ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަކީވެސް މުހިންމު ކަމެއް ކަމަށާއި މި މަސައްކަތުގައި މާތް ﷲ ކާމިޔާބީ ދެއްވުމަށް އެދި ދުޢާ ކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މިއަދު އަޅުގަނޑުމެން ފާހަގަކުރަމުންދަނީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ