މިނިވަންކަމަކީ ބައެއްގެ ވަކި ޚާއްޞަ ސިފަތަކަކަށް ދުނިޔެ އިޢުތިރާފުވުން: ހީނާ

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ އެ ބައެއްގެ ކިބައިގައި ހުންނަ ވަކި ޚާއްޞަ ސިފަތަކަކަށް ދުނިޔެ އިޢުތިރާފުވުން ކަމަށެވެ. އަދި ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިވެހިވަންތަކަމަކީ އަޅުގަނޑުމެން އެންމެން ގުޅުވައިދޭ ވާފަށް. އަޅުގަނޑުމެންގެ ތެރޭގައި ޚިލާފެއް ނެތް އަސާސް. އަޅުގަނޑުމެން އެންމެން ގައުމީގޮތުންވާ އެންމެ ބޮޑު އިއުތިރާފް. ޖަމާއަތެއް ގައުމީ ސިފަތަކުން ބައްޓަންވެ، ހަމަ ހިފެހެއްޓެނީ މި ގަބޫލުކުރުމާއި އިއުތިރާފުގެ ސަބަބުން. ދިވެހިވަންތަކަން ކުރިއެރުމުގެ ސިޔާސަތެއްތަންފީޒުކުރަން ޖެހިފައިވަނީ މިކަންކަން އަށަގަންނުވައި މި އަސާސްތަކުގެ އަގުމަތިވެރިކޮށް ނެގެހެއްޓުމަށް މިގައުމުގެ އަދުގެ ހާލަތު ގޮވާލާތީ. ހިތްވަރެއް ނެރެ މުލައްދަނޑިއަށް ބާރެއް ލެވޭނީ ހިތުގައި އަޒުމެއް އޮވެގެން." ހީނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ