މި އަހަރުގެ ބަޖެޓުން ހައުސިން މަޝްރޫއުތަކަށް 231 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ހައުސިން މަޝްރޫއުތަކަށް ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މި އަހަރުގެ އެ މުއްދަތުގައި ޕަބްލިކް ހައުސިންއަށް ހޭދަކޮށްފައިވަނީ 108 މިލިއަން ރުފިޔާ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ހިންގާ އެ ޕްރޮޖެކްޓްގެ އިތުރުން ހައުސިން އާއި އާންމު އެހެން ހިދުމަތްތައް ދިނުމަށް 480 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް މިހާތަނަށް ބަޖެޓުން 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބަޖެޓުގައި ޕީއެސްއައިޕީއަށް ހާއްސަކުރީ 8.3 ބިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ބަޖެޓުގައި ހައުސިން މަޝްރޫއުތަކަށް ހޭދަކުރަން ކަނޑައަޅަފައިވަނީ ޕީއެސްއައިޕީ ބަޖެޓުގެ 15 ޕަސެންޓެވެ. އެންމެ ބޮޑު ބަޖެޓެއް ހިމަނާފައިވަނީ ދަތުރުފަތުރުގެ މަޝްރޫއުތަކާއި ހަކަތައިގެ މަޝްރޫއުތަކަށެވެ.
މިއަހަރުގެ ބަޖެޓުން 35 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު އެއީ ޖުމްލަ ބަޖެޓުގެ 54 ޕަސެންޓެވެ. މިއަހަރަށް މަޖިލީހުން ފާސްކުރީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގެ ބޮޑު ބައެއް ދަރަނި އަދާކުރުމަށާއި މުވައްޒަފުންގެ މުސާރައަށް ހޭދަކޮށްފައިވެ އެވެ.
ހައުސިން މަޝްރޫއުތަކަށް ބަޖެޓުން 231 މިލިއަން ރުފިޔާ ހޭދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ