ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 60 އަށް ވުރެ ގިނަ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ މިއަދު ދީފި އެވެ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމީ ޖަލްސާގައި ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން އެ ބޭފުޅުންނަށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ މި ފަހަރު ޝަރަފު ދެއްވީ ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައި މީގެ ކުރިން އެ އިނާމު ދީފައި ނުވާ 66 ބޭފުޅަކަށް ކަމަށެވެ.
ދައުލަތަށް ހިދުމަތްކުރާ އަދި ހިދުމަތްކޮށްދީފައިވާ މީހުންގެ އަގުވަޒަންކޮށް އެވޯޑު ދޭން ފެށީ 2021 ވަނަ އަހަރު އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި 500 އަށް ވުރެ ގިނަ ބޭފުޅުންނަށް ވަނީ ހިދުމަތުގެ އިނާމު އަރުވައިފަ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ސަރުކާރުން ވަނީ ދިވެހި ދައުލަތުން ދޭ މަތިވެރި އިއްޒަތުގެ ޝަރަފު ހަތަރު ބޭފުޅަށް އަރުވައިފަ އެވެ،
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ތައުލީމީ ދާއިރާ އަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވުމުގެ ދިގު ތާރީހެއް އޮތް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ލަތީފާއި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދެއްވުމާއި ދީނީ އެކި ފޮތްފޮތް އެކުލަވައިލުމުގެ ރޮނގުން ކުރެއްވި މަސައްކަތްޕުޅަށް އިބްރާހިމް ރަޝީދު މޫސާގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗަމްޕާ ހުސައިން އަފީފާއި އޭނާގެ ބޭބެ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.
އެ ހަތަރު ބޭފުޅުންނަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އެރުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރުމުގެ އިނާމު 60 އަށް ވުރެ ގިނަ ބޭފުޅުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ