ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްދީފައިވާ މއ. ކިނބި، ޑރ. މުހައްމަދު ލަތީފާއި، ރާއްޖޭގައި އިސްލާމް ދީނުގެ އިލްމާއި މައުލޫމާތު ފެތުރުއްވުމުގައި ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރެއްވި ހ. މީރުބަހުރުގެއާގެ، އިބްރާހިމް ރަޝީދު މޫސާ އާއި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދެއްވި ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މއ. ޗަމްޕާވިލާ، ޗަމްޕާ ހުސައިން އަފީފް އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތްކުރައްވަމުން ގެންދަވާ މއ. ޗަމްޕާމާގެ، މުހައްމަދު މޫސާ އަށެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ޑރ. މުހައްމަދު ލަތީފަށް އިއްޒަތް އެރުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނެވުމަށާއި އެ ނިޒާމު ބައްޓަން ކުރެއްވުމަށާއި ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ފުޅާކުރެއްވުމަށާއި ރާއްޖޭގެ ގަވަނަންސް ދާއިރާ ހަރުދަނާ ކުރެއްވުމަށާއި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއާއި ކުރިއެރުވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
އެމަނިކުފާނު ވަނީ އެޑިއުކޭޝަން މިނިސްޓަރުކަން ފުރުއްވުމުގެ އިތުރުން ހާރިޖީ ދާއިރާގައިވެސް މަގާމުތައް ފުރުއްވާފަ އެވެ. އެގޮތުން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމު ފުރުއްވާފައިވެ އެވެ.
އިބްރާހިމް ރަޝީދު މޫސާ ވަނީ އިސްލާމް ދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނަވައި ދެއްވުމާއި ދީނީ އެކި ފޮތްތައް އެކުލަވާލެއްވުމުގެ ރޮނގުން އަގުހުރި މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ދިނުމަށް އުފެއްދި މަދަރުސާ، މައުހަދުގެ އެންމެ އިސްވެރިޔާގެ މަގާމު ފުރުއްވާފަ އެވެ.
ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މީގެ ކުރިން އަރުވާފައިވާ ޗަމްޕާ ހުސައިން އަފީފަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހާއްސަކޮށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދެމެހެއްޓުމަށް އަދި ރާއްޖޭގެ އިޖްތިމާއީ ދާއިރާ ކުރެވުމަށާއި ތަރައްގީއަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
މީގެއިތުރުން ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މީގެ ކުރިން އަރުވާފައިވާ މުހައްމަދު މޫސާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހާއްސަކޮށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދެމެހެއްޓުމަށް އަދި ރާއްޖޭގެ އިޖްތިމާއީ ދާއިރާ ކުރެވުމަށާއި ތަރައްގީއަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ