މުސާރައަށް ގެނެވުނު ހެޔޮ ބަދަލާއެކު 767 މުވައްޒިފެއްގެ މުސާރަ ވަނީ ބޮޑުވެފައެވެ. މުސާރަތައް ބޮޑުކުރުމުން އަހަރަކު 62 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އިތުރަށް ހަރަދުވާނެ އެވެ.
ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް މުސާރަތަކަށް އައި ބޮޑު ބަދަލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެންމެ ހާމަކުރައްވައިފި އެވެ.
ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އައި ބަދަލު ހާމަކޮށްދެއްވީ ތ. ހިރިލަންދޫ ސުކޫލަށް 71 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާގައި ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ވަނީ ބޮޑު ކުރައްވާފައެވެ.މުސާރައަށް ގެނެވުނު ހެޔޮ ބަދަލާއެކު 767 މުވައްޒިފެއްގެ މުސާރަ ވަނީ ބޮޑުވެފައެވެ. މުސާރަތައް ބޮޑުކުރުމުން އަހަރަކު 62 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ އާ މުސާރަ: 10،000 ރުފިޔާގެ ބޮޑުވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ