ނުއޭވޯ ލެއޯން، މެކްސިކޯ (ޖޫން 16) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސްވިޑެން އަތުން 5-1 އިން ބަލިވި މެޗަށް ފަހު، ޓިއުނީޝިއާގެ ކޯޗުގެ މަގާމުން ސަބްރީ ލަމޫޗީ ވަކިކުރުމަށް ފަހު، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އަށް އިރުޝާދުދިން ކޯޗު، ހާވް ރެނާޑްއާ، ޓިއުނީޝިއާގެ ކޯޗުކަން ހަވާލުކޮށްފި އެވެ.
ފްރާންސް އަށް އުފަން ލަމޫޗީ، 54، ވަކިކުރަން ޓިއުނީޝިއާ އިން ނިންމީ ސްވިޑެން އަތުން ބަލިވި މެޗަށް ފަހު، ބޭއްވި ޓިއުނީޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ އިމެޖެންސީ ބައްދަލުވުމެއްގެ ތެރެއިންނެވެ. އަދި، ލަމޫޗީގެ ކޯޗުކަމުގައި އެކަށީގެންވާ ނަތީޖާއެއް ބާކީ އޮތް ދެ މެޗުގައި ނެރެވޭނެ ކަމުގެ ޔަގީންކަން ފެޑެރޭޝަނުގެ ސީނިއާ މެނޭޖްމަންޓަށް ނެތުމުންނެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްވިޑެން އަތުން 5-1 އިން ބަލިވުމާ ގުޅިގެން، ޓިއުނީޝިއާގެ ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކޮށްފި. ޓިއުނީޝިއާ ފެޑެރޭޝަނުން މި ނިންމުން ނިންމީ ލަމޫޗީގެ އިރުޝާދުގެ ދަށުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނެ ކަމުގެ އިތުބާރު ނެތުމުން. އޭނާގެ ބަދަލުގައި އެ ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ ކުރީގެ ކުޅުންތެރިޔާ ކަޒްރީ
ފްރާންސްގެ ރެން އާއި އިނގިރޭސި ދެ ކްލަބް ކަމަށްވާ ނޮޓިންހަމް ފޮރެސްޓާއި ކާޑިފް ސިޓީ އަށް ކުރިން ކޯޗުކޮށްދިން ލަމޫޗީ، ވަނީ އައިވަރީ ކޯސްޓް ގައުމީ ޓީމަށް ވެސް އިރުޝާދުދީފަ އެެވެ. އޭނާ، ޓިއުނީޝިއާއާ ހަވާލުވީ، ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އޭނާ އަށް 2028 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓެއް ދިން ނަމަވެސް، ހަ ވަރަކަށް މަސް ތެރޭ މަގާމުން މި ވަނީ ވަކިކޮށްފަ އެވެ.
ލަމޫޗީ އަކީ ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗަށް ފަހު މަގާމު ގެއްލުނު ފުރަތަމަ ކޯޗެވެ. މީގެ ކުރިން ތިން ކޯޗެއްގެ ވަޒީފާ ވަނީ ވޯލްޑް ކަޕްގެ ތެެރެއިން ގެއްލިފަ އެވެ. އެއީ، 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވޯލްޑް ކަޕްގެ ތެރެއިންނެވެ. އެ ގޮތުން، އެ ފަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ދެ މެޗަށް ފަހު، ސައުދީގެ ކޯޗުކަމުން ކާލޯސް އަލްބާޓޯ ފެރޭރާ، ދެކުނު ކޮރެއާގެ ކޯޗުކަމުން ޗަ ބަމް ކުމް އަދި ޓިއުނީޝިއާގެ ކޯޗުކަމުން ހެންރިކް ކެސްޕާޝެކް ވަނީ ވަކިކޮށްފަ އެވެ.
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ސައުދީން ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކުރިއިރު، ޓީމާ ހަވާލުވެހުރި ރެނާޑް، 57، ވަނީ މީގެ ކުރިން އެފްރިކާގެ ގިނަ ގައުމުތަކަށް ކޯޗުކޮށްދީފަ އެވެ. މޮރޮކޯ އަށް 2018 ވަަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޯޗުކޮށްދިން ރެނާޑް ވަނީ 2012 އާއި 2015 ވަނަ އަހަރު ޒެމްބިއާ އާއި އައިވަރީ ކޯސްޓަށް އެފްރިކަން ކަޕް ކާމިޔާބުކޮށްދީފަ އެވެ. އަދި، 2023 ވަނަ އަހަރު އޭނާ ވަނީ އަންހެން ވޯލްޑް ކަޕްގައި ފްރާންސް ޓީމަށް ކޯޗުކޮށްދީފަ އެވެ.
މިދިޔަ އޭޕްރީލް މަހު، ސައުދީ އަރަބިއްޔާގެ ކޯޗުކަމުން ވަކިކުރި ރެނާޑް، އަށް ޓިއުނީޝިއާގެ ކޯޗުކަން ދިނީ ވޯލްޑް ކަޕްގެ ނިޔަލަށެވެ. ޓިއުނީޝިއާ އިން ދެން އެންމެ އަވަހަށް ކުޅޭ މެޗު އޮތީ ހޮނިހިރު ދުވަހު ޖަޕާނާ ދެކޮޅަށެވެ. އަދި، އޭގެ ފަސް ދުވަސް ފަހުން ގްރޫޕްގެ ފަހު މެޗުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭނެ އެވެ.
ޓިއުނީޝިއާ އަށް ގެނައީ ސައުދީގެ ކުރީގެ ކޯޗު ރެނާޑް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ