ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދެވޭނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދައުވާކޮށް، ގާނޫނީ ފިޔަޅު އަޅައިގެން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަރީފް މިހެން ވިދާޅުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި މަޖިލިސް "ޑެޑްލޮކް" އެއްގައި އޮންނަތާ ދެ ހަފްތާއެއްހާ ދުވަސްވުމާއި ގުޅިގެންނެވެ.
މިކަމާ ނުރުހުން ފާޅުކޮށް، މެމްބަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަމަށް ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅުން ނޫންގޮތެއް ނެތް ކަމަށެވެ. އަދި މިއަދު ރިޔާސަތާއި ހަވާލުވެވަޑައިގަތް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވެސް ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ގަސްތެއް ނުކުރާ ކަމަށާއި، އެކަން ކުރުމުގެ ނިޔަތެއްވެސް އަފީފްގެ ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް މެމްބަރުންގެ ނިޒާމީ ނުކުތާތަކާއި، އަޑުގަދަ ކުރެއްވުމުގެ ތެރެއިން ޖަލްސާ ކުރިއަށް ނުގެންދެވި މެދު ކަނޑާލައިފައިވާއިރު، މިއަދުގެ ޖަލްސާގެ އެޖެންޑާގައި މުހިންމު ކަންތައްތަކެއް ހުއްޓެވެ. އޭގެތެރޭގައި ޚިޔާލު ތަފާތުވެ ހުއްޓިފައިވާ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމާއި، ސިޔާސީ ޕާޓީތަކުގެ މެމްބަރުންނާއި އަމިއްލަ މެމްބަރުންނަށް ކޮމެޓީތަކުން ޖާގަ ދެއްވާނެ ގޮތް ކަނޑައެޅުން އަދި ކޮމެޓީތަކުން ނިންމާފައިވާ މުހިންމު ނިންމުންތަކުގެ ރިޕޯޓްތައް ހުށަހެޅުން ހިމެނެއެވެ.
މަޖިލީހުގެ މަސައްކަތްތައް މިހާރު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެވޭނީ، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން އިސްވެ ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބުރައީސް އީވާގެ އިތުބާރުނެތް ކަމުގެ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންގޮސްގެން ކަމަށް އިދިކޮޅު ޕާޓީތަކުން ހޯމަ ދުވަހު ވަނީ ބުނެފައެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ މަޖިލީހުގައި ދިމާވެފައިވާ މައްސަލަ އޭނާ ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
މިއަދުގެ މަޖިލީސް ޖަލްސާ މެދުކަނޑާލުމަށް ފަހު އަނެއްކާ ފެށުމުންވެސް ޖަލްސާ ކުރިއަށްގެންދެވޭ ވަރު ނުވުމުގެ ސަބަބުން ވަނީ މެދުކަނޑާލާފައެވެ.
މެމްބަރު ޝަރީފް ވިދާޅުވީ، މަޖިލީސް ކުރިއަށް ގެންދެވޭނީ ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށްގެން ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ