މޫސުން ގޯސްވުމާ ގުޅިގެން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ފަސްކޮށްފި

މޫސުން ގޯސްވުމާ ގުޅިގެން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 ގެ ހަފުލާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން ލަފާކޮށްފައިވާތީ ބުރާސްފަތި ދުވަހުގެރޭ ބާއްވަން އޮތް ހަފުލާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު ބޭއްވުމަށް ކުރިން ތާވަލުކޮށްފައި ވާ ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯ ހޮނިހިރު އަދި އާދީއްތަ ދުވަހަށް ފަސްކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ފަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްވެސް އޮންނާނީ ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގައެވެ. މި ހަފުލާގައި ބައިވެރިވާ ޚާއްސަ މެހުމާނުން ރާއްޖެ އަންނަމުން އަންނައިރު، މިހާތަނަށް އިންގްލަންޑް އަދި ލިވަޕޫލްގެ ކުރީގެ ގޯލްކީޕަރު ޑޭވިޑް ބެންޖަމިން ޖޭމްސް އާއި، ސްޕެޝަލް އެތުލީޓް މާލޫ ވެން ރައިން އާއި، އިޓަލީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ފަބިއޯ ކަނަވާރޯ އާއި، ޗެސް ގްރޭންޑް މާސްޓަރ ނިގެލް ޑޭވިޑް ޝޯޓް އަދި އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޕާނިލް ބްލޫމް ވަނީ ރާއްޖެ އައިސްފައެވެ.
މީގެ އިތުރުން މަޝްހޫރު ކްލަބްތަކުން ފެނުނު ނައިޖީރިއާގެ ފޯވާޑް ންވަކްވޯ ކާނޫ އާއި ކްރިކެޓްގެ ތާރީހީ ރެކޯޑްތަކެއް ހޯލްޑް ކުރާ ބެޓްސްމަން ބްރަޔާން ލާރާ އަދި ނައިޖީރިއާގެ ކުޅިވަރާ ބެހޭ ވަޒީރުވެސް މި ފަހަރުގެ އެވޯޑްސްގައި ބައިވެރިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ