މާލެ ސަރަހައްދުގެ ވިޔަފާރިތަކުގެ ކަރަންޓުގެ އަގު ބޮޑުކޮށްފި

މާލެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކުގެ ކަރަންޓުގެ އަގު ބޮޑުކޮށްފި އެވެ. މޯލްޑިވްސް އެނާޖީ އޮރތޯރިޓީން ނެރުނު ސާކިއުލާއެއް ބުނާ ގޮތުގައި، ކަރަންޓު ޚިދުމަތުގައި "ވިޔަފާރި" ކެޓަގަރީގައި 600 ޔުނިޓުގެ ބޭންޑުން މައްޗަށް އިތުރު ތިން ބޭންޑެއް ވަނީ އިތުރުކޮށްފައެވެ. އަލަށް އިތުރުކޮށްފައިވާ ތިން ބޭންޑަކީ 3،000 - 600 ޔުނިޓާ ދެމެދުގެ ބޭންޑު - ޓެރިފްއަކީ 4.35 ރުފިޔާ 10،000 - 3،000 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފްއަކީ 5.75 ރުފިޔާ 10،000 ޔުނިޓަށް ވުރެ މަތީގެ ބޭންޑު: ޓެރިފްއަކީ 6.65 ރުފިޔާ މީގެ ކުރިނެ ހުރި ބޭންޑުތަކާއި އޭގެ ޓެރިފް ރޭޓުތައް 100 - 0 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.30 ރުފިޔާ 300 - 101 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.35 ރުފިޔާ 500 - 301 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.65 ރުފިޔާ 600 - 501 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 4.00 ރުފިޔާ 600 ޔުނިޓުން މަތީގެ ބޭންޑު: ޓެރިފް ރޭޓަކީ 4.35 މީގެ އިތުރުން ބޭންޑުތަކުން ވެސް، ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު 8.00 ރުފިޔާއަށް ވުރެ އިތުރުވާ ކޮންމެ 10 ލާރިއަކަށް، ކިލޯވަޓަކަށް 0.03 ރުފިޔާގެ ނިސްބަތުން ފިއުލް ސާޗާޖު ނެގުމުގެ ހުއްދަ އެނާޖީ އޮތޯރިޓީއިން ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ