އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް ނުދަތުން: އާޒިމް

އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް ނުދަތުން ކަމަށް ވިދާޅުވެ ސަރުކާރުގެ ކުޅިވަރު ސިޔާސަތު ތަކަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ. 
އެއްވެސް ކުޅިވަރެއް ތަފާތު ނުކޮށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދެވިއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވުމާއި ގުޅިގެން އެވާހަކައަށް ރައްދު ދެއްވައި އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެފަދައިން ކަން ކުރުމަކީ ވިސްނުމެއް އަދި ސިޔާސަތެއް ވެސް ނެތުން ކަމަށެވެ.
"އެއްވެސް ކުޅިވަރެއް ތަފާތު ނުކުރުމަކީ ތަނެއްދޮރެއް ނުދަތުން. ޕްލޭނެއްނެތުން. ވިސްނުމެއްނެތުން. ސިޔާސަތެއް ނެތުން. ކަންކަންކުރަން ނޭގުން." އާޒިމް ވިދާޅުވިއެވެ. 
Advertisement
މިއާއެކު އާޒިމް ވިދާޅުވީ، އެންމެ ގިނަމީހުން ކުޅޭ، އެންމެގިނަ ބަޔަކު ތަރުހީބުދޭ، ރާއްޖޭގައި ކުރިއަށް ދެވިދާނޭ ކުޅިވަރު ތައް ދެނެގަނެ އެމަގުން ކުރިއަށްދާން އެގެންވާނެ ކަމަށެވެ. 
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަވަމުން މަހްލޫފް ވަނީ ފާއިތުވި އަހަރު ތެރޭގައި ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދީފައި ވާނެ ކަމަށެވެ. 
އެގޮތުން މަހްލޫފް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ނުވަ މުބާރާތް ބާއްވާފައި ވާނެ ކަމަށާއި، މި އަހަރު ވެސް ކުޅިވަރުތައް ބާކީ ނުކޮށް ބައިނަލްއަގުވާމީ މުބާރާތްތައް ބާއްވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ