ބޯޓެއްގެ ފުރޮޅު ފަޅައިގެން ގޮސް ވީއައިއޭ ރަންވޭ ބަންދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު މަތިންދާބޯޓެއްގެ ފުރޮޅު ފަޅައިގެން ދިއުމާއި ގުޅިގެން ވަގުތީ ގޮތުން ރަންވޭ ބަންދުކޮށްފިއެވެ.
ފްލައި ދުވާއީގެ ފްލައިޓަކަށް ދިމާވި މި މައްސަލައާއި ގުޅިގެންހަވީރު 5 ޖެހުމާއި ހަމައަށް ރަންވޭ ބަންދުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
ރަންވޭ ބަންދުވި ގަޑީގައި ޖައްސަން އައި ބޯޓުތައް ވަނީ އެހެން އެއާޕޯޓްތަކަށް ޑައިވާޓްކޮށްފައެވެ.
އެމްއޭސީއެލް އިން ބުނީ ރަންވޭގައި ހިނގި މި ހާދިސާގައި ފްލައި ދުބާއީގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ފުރޮޅު ފަޅައިގެން ދިޔަނަމަވެސް އެއްވެސް ފަސިންޖަރަކަށް  އަދި ކުރޫއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
އަދި އެ ބޯޓު ރަންވޭއިން ޓޯ ކުރުމަށް ފަހު، އޮޕަރޭޝަންސްތައް އަލުން ފެށޭވަރުވާނީ ލަފާކުރެވޭ ގޮތުގައި ހަވީރު 5:00 ހާއިރު ކަމަށް އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ