"ފޯކަސްއަކީ ޑްރަގް ވިޔަފާރީގެ ބޮޑުން އަތުލައިގަތުން"

"އެހެން ސަރުކާރުތަކާ ހިލާފަށް ސަޕްލައި ރިޑަކްޝަން ސައިޑަށް ފޯކަސްކޮށްގެން އޮޕަރޭޝަންތައް ހިންގަނީ. އެކަން ކުރާއިރުގަ އަޅުގަނޑުމެން މަސްތުވާތަކެތީގެ ފަހަތުން ދުވުމުގެ ބަދަލުގަ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަތުލައިގަންނަނީ،"
ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމުގައިވާ މަސްތިވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ފޯކަސްއަކީ އަޑީގައި ތިބެ ވިޔަފާރި ކުރާ "ބޮޑުން" ހިފާ ހައްޔަރު ކުރުމަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ރާއްޖޭގައި ހައްލު ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވަރު ކާމިޔާބު ވާނެތޯ، ރޭ އޮތް "އަހާ" ފޯރަމްގައި މީހަކު ވަނީ މިނިސްޓަރާ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެހެން ސަރުކާރުތަކާ ތަފާތުވާނެ ކަމަށެވެ."އެހެން ސަރުކާރުތަކާ ހިލާފަށް ސަޕްލައި ރިޑަކްޝަން ސައިޑަށް ފޯކަސްކޮށްގެން އޮޕަރޭޝަންތައް ހިންގަނީ. އެކަން ކުރާއިރުގަ އަޅުގަނޑުމެން މަސްތުވާތަކެތީގެ ފަހަތުން ދުވުމުގެ ބަދަލުގަ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަތުލައިގަންނަނީ،" އަހުސާން ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ މުޅި ރާއްޖެއަށް ފުޅާކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހިފައި ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް މިހާރު ހިންގަމުންދާ ކަމަށެވެ. މި އޮޕަރޭޝަންތަކުގައި، މުގުލުގައި ތިބެގެން މަސްތުވާތަކެތި ސަޕްލައިކޮށް އަދި މަނީ ލޯންޑާ ކުރާ މީހުން ފަހަތުން ފުލުހުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ."މަސްތިވާތަކެތި ވިއްކާ މީހުން، އަދި އޭގެ އެންމެ މުލުގަ ތިބޭ މީހުން މަސްތުވާތަކެއްޗާއެކުގަ، އޭއްޗިހި ވިއްކަމުންނެއް ނުދޭ. އޭއްޗިހި އެމީހުން ވިއްކަނީ ދެތިން ލޭޔާއެއް އަޅައިގެން މީސްމީހުން ލައްވާ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ޕޮލިސް އޮޕަރޭޝަންތަކުން އަތުވެފަ މިއޮންނަނީ އޭގެ މެދުތެރޭގަ ތިބޭ މީހުން ނުވަތަ އެންމެ ދަށުގަ ހުންނަ މީހާ،" މިނިސްޓަރު ވިދާޅުވި އެވެ.
އެކަމުގެ އެންމެ ދަށުގައި ހުންނަ މީހާ ހައްޔަރު ކޮށްގެން އޭގެ އަސްލާ ހިސާބަށް ނުދެވޭނެ ކަމަށާއި، ހައްލު ލިބޭނީ އެ ވިއުގަ ހިންގަން ހުންނަ މީހާ އަތުލައިގަނެގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެކަމަށް ޕައިލެޓް އޮޕަރޭޝަން ފުވައްމުލަކު ސިޓީގައި ހިންގައި، މުގުލުގައި ތިބި މަސްތުވާތަކެތީގެ ބޮޑުން ހައްޔަރު ކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ."މީގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވިޔާފާރީގެ ފަހަތުގައި ފިލައިގެން ތިބޭ، އެކިއެކި ނަންނަމުގަ، އެކިއެކި ވިޔަފާރީގެ ފަހަތުގަ ފިލާތިބެގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ މީހުންނަކަށް މިކަން ދެނެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.އިހުސާން އިތުރަށް ވިދާޅުވީ ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެކި ގޮތްގޮތަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޮޑެތި ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، މިވަގުތު އެންމެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ޕޯސްޓު މެދުވެރިކޮށް ކަމަށާއި، ޕޯސްޓް މެދުވެރިކޮށް އަންނަ ޕެކޭޖްތައް ސްކޭން ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.އަދި، ސީ ކާގޯގައި އަންނަ ކޮންޓެއިނަރުތައް ސްކޭނުކުރުމަށް ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ވެސް ފާހަގަކުރެއްވި އެވެ.މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އެއީ މަގުމަތީ އަގަށް ބަލާއިރު 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެއްޗެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ